ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ރަނިންމޭޓަކު ކަނޑައެޅުމުގައި އިސްކަން ދޭނީ ގަވަނެންސްގެ ދާއިރާ ނުވަތަ ހިންގުމުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތަކަށް ކަމަށް ވިދާޅުވެއްޖެއެވެ.
ވީއެފްޕީން ދެންނެވު ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ ރަނިންމޭޓަކު ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށާއި އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށްފަހު ހާމަ ކުރައްވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ރަނިންމޭޓަކު ކަނޑައެޅުމުގައި ބައްލަވާނީ މައިގަނޑު ދެ ސިފައަކަށް ކަމަށެވެ. އެއީ ގަވަނެންސްގެ ދާއިރާގެ ތަޖުރިބާއާއި، ކެމްޕޭންކޮށްގެން "ވިން" ކުރުމުގެ ސިފަ ކަމަށް އުމަރު ވިދާޅުވިއެވެ. އޭގެތެރެއިން ކެމްޕޭންކޮށްގެން "ވިން" ކުރުމުގެ ސިފަ އުމަރުގެ ގައިގައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި ރައީސް ނަޝީދާއި ރައީސް ޔާމީންގެ ވެސް އެންމެ ބޮޑު ފެއިލިއާއަކީ ގަވަނެންސްގެ ދާއިރާގައި ތަޖުރިބާ ނެތް ރަނިންމޭޓުންނެވެ.
އުމަރުވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އިދިކޮޅު ފަރާތްތަކުން ވެސް ހައްލެއް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
އުމަރު ރަނިންމޭޓުކަން ދޭނީ ގަވަނޭންސްގެ ދާއިރާއިން ތަޖުރިބާ ހުރި މީހަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ