ގިޓާ އެންޑް ފޯކް މިއުޒިކް ފެސްޓިވަލްގައި ޝަހީދު ލެގަސީ ޕާރފޯމް ކުރަނީ

ދުނިޔޭގެ ފަސް ގައުމެއްގެ ހުނަރުވެރި ގިޓަރިސްޓުން ބައިވެރިވާ "ގިޓާ އެންޑް ފޯކް މިއުޒިކް ފެސްޓިވަލް 2018" ގައި ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ގިޓަރިސްޓް އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) ޕާރފޯމް ކުރުމަށް ހަމަޖެހިއްޖެ އެވެ.
ރާއްޖެ ޓީވީގެ "ކުލަ ސްކްރީން" ޕްރޮގްރާމުގައި މި ޓުއާ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޝަހީދު ބުނީ މި މަހު 18 އިން 28 ގެ ނިޔަލަށް ކުރިއަށްގެންދާ  ލަންކާ ޓުއާގައި އޭނާ ބައިވެރިވާ މިއީ ދެވަނަ ފަހަރު ކަމަށެވެ.
މި ޓުއާއަކީ އިންޑިއާ، ރަޝިއާ، ޖަޕާން، ފަލަސްތީން، އީރާން އަދި ލަންކާގެ ގިޓަރިސްޓުން ބައިވެރިވާ އެ ޓުއާއެކެވެ.
މިޝޯ ބަލަން ބޭނުންވާ ފަރާތްތަކަށް ހިލޭ ވަދެވޭ ގޮތަށް ހަމަޖެހިފައިވާ މި ޝޯ ސްރީ ލަންކާގެ ތިން ސިޓީއެއްގައި ހަ ޔުނިވާސިޓީއަކާއި ދެ ސެންޓަރެއްގައި ޝޯތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި  ވެރިރަށް ކޮލަމްބޯގައި ކުޅޭ ކޮންސަޓް ބޭއްވުމަށް ހަމަޖެހިފައިވަނީ  ރަޝިއާ އެމްބަސީގަ އެވެ.
މީގެ އިތުރުންވެސް މި ޓުއާގައި ގިޓާ އާއި ބެހޭ މައުލޫމާތު ދިނުމަށް ވޯކްޝޮޕްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޝަހީދު ބުނެނެވެ.
ސްރީލަންކާގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އާއި ގިޓާ އެސޯސިއޭޝަން އޮފް ސްރީލަންކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓުއާގައި ގިނަ އަދި ތަފާތު ސްޓައިލްގެ ގިޓާ އަދި މިއުޒިކް ކުޅޭނެ ކަމަށް ޝަހީދު ބުންޏެވެ.
ގިނަ އިސްޓްރުމެންޓް އަލްބަމް ތަކެއް ނެރެފައިވާ އަދި ރާއްޖޭގައި ގިޓާ އައިޑޮލް އެއް ކަމަށް ބަލާ ޝަހީދު އަކީ ގްރެވިޓީ ބޭންޑުގެ ގިޓަރިސްޓެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ