ސައިންސްގެ ހޯދުންތައް އިތުރުވަމުންދިއަ ވަރަކަށް ސާބިތުވަމުންދަނީ މާތްﷲގެ ކުޅަދުންވަންތަކަން ކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެ

ލިޔުނީ: އަލީ އަހްސަންސައިންސްގެ ހޯދުންތައް އިތުރުވަމުންދިއަ ވަރަކަށް ސާބިތުވަމުންދަނީ މާތްﷲގެ ކުޅަދުންވަންތަކަން ކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.ރަމަޟާން މަސް އިޙްޔާކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ހިންގަވާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ މުހައްމަދު އަލީ އިތުރަށް ވިދާޅުވީ، “ގިނަ ބަޔަކަށް، މާތްﷲ ދެއްވަވާފައިވާ ޤުދުރަތީ ވަސީލަތްތައް އެއީ މާތްﷲ ދެއްވަވާފައިވާ ނިޢުމަތްތަކެއް ކަން ޤަބޫލުނުކުރެވި އެމީހުން ޤަބޫލުކުރަނީ އެއީ އިންސާނުންނަށް ލިބެންޖެހޭ ހައްޤުތަކެއް ކަމަށާއި ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫން ކަމަށާއި ވަޔާއި ފެނާއި އެހެނިވެސް އެތައް ވަސީލަތްތަކަކީ މާތްﷲ އިންސާނުންނަށް ދެއްވަވާފައިވާ ނިޢުމަތްތަކެއް” ކަމަށެވެ.ތިމާވެށީގެ ރޮނގުން މަތީ ތައުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޑރ. މުޙައްމަދު ޢަލީ އިހްޔާ ޕްރޮގްރާމްގައި ބޮޑަށް އަލިއަޅުވާލެއްވީ ސައިންސްގެ އަލީގައި އިސްލާމްދީނުގެ މަތިވެރިކަމާއި ބެހޭގޮތުންނެވެ. ޖަލްސާއަށް ހާޒިރުވި ގިނަ ބަޔެއްގެ ޝައުގުވެރިކަން ލިބިގެންދިޔަ މިތަގްރީރަކީ ފަހަކަށް އައިސް ދީނީ އިލްމު ނޫން ޢިލްމެއް އުނގެނިގެން ހުންނެވި ދިވެހި ބޭފުޅެއް މިފަދަ ގޮތަކަށް ދެއްވި ފުރަތަމަ ތަގްރީރުކަން ފާހަގަކޮށްލަންޖެހެއެވެ.ޑރ މުހައްމަދު އަލީ ވާހަކައިގައި އިތުރަށް ވިދާޅުވީ، “މާތްﷲ އިންސާނާއާއި އަދި އެހެނިހެން ތަކެތި އުފައްދަވާފައިވާ ފުރިހަމަކަން ކަމަށާއި އެފަދަ އުފެއްދުމެއް އުފެއްދޭނެ ދެވަނަ ފަރާތެއް ނުވާކަން ގަބޫލުކުރެވޭނެކަމަށެވެ. އެގޮތުން އަޅުގަނޑުމެންގެ ހިތާއި ކިޑްނީއަށް މިސާލަކަށް ބެލިއަސް އެކަން ސާބިތުވާނެ”ކަމަށެވެ. އަދި “މިފަދަ ކަންކަމަށް ވިސްނައިގެން ތިމާމެންގެ އަޤީދާ ވަރުގަދަ ކުރަންޖެހޭ”ކަމަށެވެ. މިފަދަ ކަންކަމާއި ދަރިވަރުންނަށް އޮންނަނީ ދަރިވަރުންނަން އުނގަންނައިދިނުމުގައި ބުނެވޭ ގޮތުންކަމަށްވެސް ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.ޑރ މުހައްމަދު އަލީ އަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރ ގެ ސްޓޭޓް މިނިސްޓަރެކެވެ. ޕީއެޗްޑީ ހޯލްޑަރެއްކަމުގައިވާ ޑރ މުހައްމަދު އަލީ އަކީ ދީނީ ކަންކަމަށް ވަރަށް ސަމާލުކަން ދެއްވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ޖަމާއަތަށް މިސްކިތައް ދިއުމާއި މިސްކިތުގައި ޤުރުއާން ކިޔެވުމުގައި ހޭދަކުރާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ