ވަކީލް މައުމޫން ހަމީދު ޕޮލިހަށް ހާޒިރުވާން އަންގައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު މާދަމާ ރޭ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ވަކީލް މައުމޫން މާދަމާރޭ ފުލުހަށް ހާޒިރުވާން އެންގީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ދެއްކެވި ވާހަކައިގައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ހެއްކާ ބެހޭގޮތުން ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ.
ކުރީގެ ރައީސް މައުމޫން ހައްޔަރު ކުރުމާއި އެމަނިކުފާނުގެ ބަންދުގައި ހުންނެވި މައްސަލާގައި މައުމޫން ހަމީދު ކުރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރައްވައިފަ އެވެ. އަދި އޭނާ ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ