ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލާގައި ހޯދަން ބޭނުންވެގެން ރެޑްނޯޓިސް ނެރުނު މީހުން ތިބީ އިނގިރޭސިވިލާތުގައި ކަމަަށާއި އެމީހުން ގެނައުމުގައި އިނގިރޭސިވިލާތުގެ އެހީތެރިކަން ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ލޯންޗަށް ދިން ހަމަލާގެ ތަހުގީގަށް ބޭނުންވާ އަށް މީހަކު ރާއްޖެއިން ބޭރަށް ގޮސްފައިވާތީ އެ މީހުން ހޯދުމަށް ރެޑް ނޯޓިސް ނެރެފައިވީ ނަމަވެސް އެ މީހުން އަނބުރާ ރާއްޖެ ގެނައުމުގައި ކުރިއެރުން ލިބިފައި ނުވާ ކަމަށެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ކުރިއެރުން ލިބިފައި ނުވަނީ އޭގެ ތެރެއިން ގިނަ މީހުން ތިބި އިނގިރޭސިވިލާތުން އެމީހުން ރާއްޖެ ގެނައުމަށް ސަރުކާރަށް އެދެވޭ އެއްބާރުލުމެއް ނުދޭތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރެޑް ނޯޓިސް ތަންފީޒު ކުރަން ޖެހޭނީ އެ ހޯދާ ބަޔަކު ތިބި ގައުމެއްގެ ކަމާ ގުޅޭ އިދާރާތަކުން ކަމަށެވެ.
އެ މައްސަލައިގައި ހޯދަން ބޭނުންވެގެން އިއުލާން ކުރި މީހުންގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ ލަންކާގައި ހުއްޓާ، ސޯޝަލް މީޑިއާ އެކްޓިވިސްޓް މުހައްމަދު އަޝްރަފު (ޝުމްބާ ގޮންގް) އެވެ.
ދެން ބާކީ ތިބި މީހުން ރާއްޖެ ނައިސްފި ނަމަ، މައްސަލަ ތަހުގީގުކޮށް އެ މީހުންގެ ޣައިރު ހާޒިރުގައި ދައުވާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އުމަރު އިތުރަށް ވިދާޅުވީ އަދީބުގެ މައްޗަށް މައްސަލަ ސާބިތު ކުރެވޭ ވަރަށް ތަހުގީގަށް ހެކި ލިބިފައިވާ ކަމަށާ އެ މައްސަލަ ޝަރީއަތުގައި ސާބިތުވެ ހައްގު އަދަބު ދެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ލޯންޗްކޮޅުގެ މައްސަލާގައި ހޯދާ މީހުން ތިބީ އިނގިރޭސިވިލާތުގައި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ