މައުމޫން ފައުންޑޭޝަނުން ކުރިއަށް ގެންދިއަ އިހްޔާ ޕްރޮގްރާމް މިއަހަރަށް ނިންމާލައިފި

މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބަރަކާތްތެރި ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް ކުރިއަށް ގެންދިއަ ޕްރޮގްރާމް މިރޭ ނިންމާލައިފިއެވެ.
މިރޭގެ ފޯރަމްގައި ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ ލައިލަތުލްޤަދްރި ވިލޭރޭގެ މާތްތަކާއި މަތިވެރިކަމާއި އަދި ކީރިތި ޤްރްއާން ބާއްވަވައިލައްވަވަން ފެށްޓެވި ގޮތާއިބެހޭ ގޮތުން ދަރުސެއް ދެއްވައިފައެވެ.
ރައީސް މައުމޫން މިރޭވެސް ވިދާޅުވެދެއްވީ ކީރިތި ޤްރްއާނުގެ އާޔަތްތަކުން ފެންނަމުންދާ މުއުޖިޒާތްތަކުގެ މައުލޫމާތެވެ. ސައިންސުގެ އެއްވެސް އިލްމެއް ނެތް، މީގެ 1400 އަހަރުކުރިން ﷲ ބާއްވަވައިލެއްވެވި ޢާޔަތްތަކުގައި ބަޔާންވެގެންވާ މައުލޫމާތާއި މިޒަމާނުގައި ސައިންސްވެރިން ހޯދާ ހޯދުންތައް ދިމާވަމުން އަންނަ ކަމުގެ ހެކިތައް ދައްކަވައިދެއްވައިފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ