ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއިލް މަގާމުން ދުރުކުރުމާމެދު 23 ޑިސެންބަރު އިންތިހާދުން މާދަމާ ރޭ ގޮތެއް ނިންމާނެ ކަމަށް އެ އިއްތިހާދުން ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ މުއިއްޒާއި ޝަހިންދާ މަގާމުން ދުރުކުރަން އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ 20 މެންބަރުންގެ ސްޓިއަރިން ކޮމެޓީއަކުން މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. އަދި އެކަމާމެދު މާދަމާ ރޭ ގޮތެއް ނިންމާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މަދަނީ އިއްތިހާދުން އުފައްދާފައިވާ ސްޓިއަރިން ކޮމެޓީގައި މަޝްވަރާތަކުގައި މުއިއްޒާއި ޝަހިންދާ މަގާމުން ދުރުކުރުން އެއީ ކުރަންޖެހޭ ކަމެއްތޯ ނުވަތަ ނޫންތޯ ބަލައި ދިރާސާ ކުރި ކަމަށެވެ.
"އަޅުގަނޑުމެން ދިރާސާއެއް މި ކުރީ އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއްތޯ ނޫންތޯ! އަޅުގަނޑުމެން ގޮތެއް ނިންމާނީ މަދަމާ ރޭ،" އޭނާ ވިދާޅުވި އެވެ.
ޕީޖީގެ މަގާމުން މުއިއްޒު ވަކިކުރާ ސަބަބެއް ކަމަށް މަދަނީ އިއްތިހާދުން ބުނެފައި ވަނީ ދައުވާ ކުރަން ޖެހޭ މައްސަލަތަކުގައި ދައުވާ ނުކުރައްވާތީއާ އަދި އެއް މައްސަލައެއްގައި ތަފާތުތައް ގެންގުޅުންވާތީ ކަމަށެވެ. ޝަހިންދާ ވަކިކުރަން ޖެހޭ ސަބަބެއް ކަމަށް ބުނެފައި ވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާއަކަށް ހުންނަވައިގެން މަސައްކަތް ކުރައްވަނީ ވަކި އަތަކަށް ޖެހިވަޑައިގެން ކަމަށް ބުނެ އެވެ.
އެ ދެ ބޭފުޅުން މަގާމުން ދުރުކުރުމާއި ގުޅޭ ގޮތުން މަޝްވަރާތައް ފަށާފައިވަނީ މިދިޔަ ހަފުތާގަ އެވެ. މީގެކުރިން ޕީޖީ މުއިއްޒް މަގާމުން ދުރުކުރަންޖެހޭ ކަމަށް އެމްޑީޕީން ވެސް ވަނީ ބުނެފަ އެވެ.
މުއިއްޒާއި ޝަހިންދާ، މަގާމުން ދުރުކުރުމާމެދު މާދަމާ ގޮތެއް ނިންމާނެ: މަދަނީ އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ