ގއ. ވިލިގިނލިން ކަރަންޓު ކެނޑިއްޖެ. ކަރަންޓު ލިބޭނެ ވަގުތެއް ނޭނގެ..

ގއ. ވިލިގިނލިން ކަރަންޓު ހިނގައްޖެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފަތިހުން ފެށިގެން އެރަށުން ކަރަންޓު ކެނޑިފައިވާ އިރު، ކަރަންޓު ލިބޭނެ ވަގުތެއް އަދިވަނީ ސާފުވާގޮތް ނުވެފައެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެރަށުން ކަރަންޓު ކެނޑިފައިވަނީ ޖަނަރޭޓަރެއްގެ ފޭންހަބެއް ހަލާކުވުމުގެ ސަބަބުން ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގދ. ތިނަދޫ އިންޖީނުގޭގައި ހުރި ޖަނެރޭޓަރެއްގެފޭންހަބު އެރަށަށް ގެންދިއުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
ވިލިނގިލިގިއްޔަށްކަރަންޓު ދިނުމަށް ބޭނުންކުރަނީ 550 ކިލޯ ވޮޓާއި 800 ކިލޯ ވޮޓު އަދި 880ކިލޯ ވޮޓުގެ ޖަނެރޭޓަރެކެވެ. މީގެތެރެއިން ހަލާކުވީ 800 ކިލޯ ވޮޓުގެ ޖަނެރޭޓަރުގެ ފޭންހަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ