މުލަކު އޮފީސްތަކުގެ ދެވަނަ ވޮލީބޯޅަ މުބާރާތް ފަށައިފި

މ. އަތޮޅު މުލަކު އޮފީސްތަކަށް ހާއްސަކޮށްގެން ބާއްވާ މުއައްސަސާތަކުގެ ދެވަނަ ވޮލީބޯޅަ މުބާރާތް އެރަށުގައި ފަށައިފި އެވެ.
އިއްޔެ ހަވީރު ފެށުނު މިމުބާރާތުގައި ދެ މެޗު މިހާރު ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ މުލަކު ސްކޫލާއި މުލަކު ސިއްހީ މަރުކަޒެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެމެޗު 3-2 ސެޓުން ކާމިޔާބުކުރީ ސިއްހީ މަރުކަޒުގެ ޓީީމެވެ.
މުބާރާތުގެ ދެވަނަ މެޗު ރޭ ކުރިއަށްދިޔައެވެ. އެ މެޗުގައި ބައްދަލުކުރީ މުލަކު ކައުންސިލް އިދާރާއާއި ފެނަކަ އެވެ. އެ މެޗުން ފެނަކަ މޮޅުވީ 3-2 ސެޓުންނެވެ.
ފަސް ޓީމެއް ވާދަކުރާ މިމުބާރާތުގައި ބައިވެރިވެފައިވަނީ މުލަކު ސްކޫލާއި، މުލަކު ސިއްހީ މަރުކަޒާއި، މުލަކު ފެނަކަ ބްރާންޗް އަދި މުލަކު ކައުންސިލް އަދި ޖެންޑާ އެވެ. ލީގު އުސޫލުން ކުރިއަށްދާ މިމުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މުލަކު ޕޮލިސް ސްޓޭޝަނާއި އެހެނިހެން އިދާރާތަކާ ގުޅިގެން ބާއްވާ މިމުބާރާތް މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މިމުބާރާތުގެ މެއިން ސްޕޮންސަރަކީ އަންޑޭ އިންވެސްޓްމަންޓް ފިޝިންގް ވިލެޖް އެވެ. އޮފިޝަލް ޑްރިންކް ޕާޓްނަރަކީ ރެޑްބުލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ