ނައިބު ރައީސަކީ ސަރުކާރުގެ ދެވަނައަށް އެންމެ އިސް ފަރާތް ނޫން ކަމަށް ދޭހަވާ ގޮތަށް ޒުލްފާ ވާހަކަފުޅު ދައްކަވައިފި

ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަކީ ސަރުކާރުގެ ދެ ވަނައަށް އެންމެ އިސް ފަރާތް ނޫންކަމަށް ދޭހަވާ ގޮތަށް ޓޫރިޒަމް މިނސްޓަރު ޑރ. މަރިޔަމް ޒުލްފާ މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.
ދިއެފް އެމް ވަންޓް ވަން ޕްރޮގްރާމްގައި މިއަދު ޒުލްފާ ވިދާޅުވީ ގާނޫނު އަސާސީގެ ދެ މާއްދާ އެއްގައި ރައީސުލް ޖުމުހުރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތްއިރު އެ މަނިކުފާނު ކުރައްވާނީ ރައީސުލް ޖުމުހުރިއްޔާ ހަވާލުކުރައްވާ ކަންކަންކަމަށާއި ގާނޫނުއަސާސީގެ އެ ދެ މާއްދާގެ އަލީގައި ދެވަނައަށް ސަރުކާރުގައި ހުންނެވި ބޭފުޅަކީ ނައިބް ރައީސްކަން ދެންނެވެން ނެތް ކަމަށެވެ.
"އަޅުގަނޑު ހިތުން އެންމެ ދެ މާއްދާއެއް މިއޮންނަނީ އަނެއްކާ ވަރަށް ރަނގަޅަށް ކަނޑައަޅާ ބަޔާން ވެގެން އޮންނާނެ ނައިބު ރައީސް ކުރަށްވާނީ ރައީސުލް ޖުމުހުރިއްޔާ އަންގަވާ ކަންކަމޭ. އެހެން ވިމާ އަޅުގަނޑަކަށް އެ ދެމާއްދާގެ އަލީގައި ދެންނެވޭކަށް ނެތް ދެވަނައަށް ހުންނެވި ބޭފުޅަކީ އެއީއެކޭ،" ޒުލްފާ ވިދާޅުވި އެވެ.
ޒުލްފާ ވިދާޅުވީ ދައުލަތް ބިނާވެފައިވަނި ތިން ބާރެއްގެ މައްޗަށް ކަމަށާއި އެ ތިންބާރުގައި މަސައްކަތްކުރާއި ވެރިކަން ހިންގުމުގެ ބާރުގައި ނައިބު ރައީސާއި ވަޒީރުންގެ މަޖިލިސް ވެސް މަސައްކަތް ކުރައްވާނީ ރައީސުލް ޖުމުހުރިއްޔާ އަންގަވާ ގޮތަކަށް ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަށް ކުރުމަށް ކަމަށެވެ.
ޒުލްފާ އެހެން ވިދާޅުވިނަމަވެސް ގަނޫނު އަސާސިގެ 112 ވަނަ މާއްދަގެ (ރ) ގައި ބުނަނީ އެއްވެސް ސަބަބަކާއި ހުރެ ރައީސުލް ޖުމުހޫރިއްޔާގެ މަގާމް ހުސްވެއްޖެނަމަ ރައީސުލްޖުމުހުރިއްޔާގެ މަގާމާއި ހަވާލު ވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ