ޠާލިބާން މުޖާހިދުންނާ ދެކޮޅަށް އެމެރިކާއާ ހުޅަނގުންހިންގާ އެންމެ ވަރުގަދަ ހަނގުރާމަ ‘އޮޕަރޭޝަން މުޝްތަރަކް’

ލިޔުނީ: އަހްމަދު ޚަލީލްމީގެ އަށް އަހަރު ކުރިން އެމެރިކާއާ އެމެރިކާގެ އެކުވެރި ހުޅަނގުގެ ގައުމު ތަކުން އަފްޣާނިސްތާނަށް އަރައިގަތް ފަހުން ޠާލިބާން މުޖާހިދުންނާ ދެކޮޅަށް ހިންގާ އެންމެ ވަރުގަދަ ހަނގުރާމަ ‘އޮޕަރޭޝަން މުޝްތަރަކް’ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ފަތިހު ފަށައިފިއެވެ. އަފްޣާނިސްތާނުގައި އެމެރިކާއިން ޢައްޔަނު ކޮށްފައިވާ ރައީސަށް ވަފާތެރި ސިފައިން ހިމަނައިގެން، އެމެރިކާއާ އިނގިރޭސިވިލާތުން އިސްވެތިބެ ފެށި މިހަނގުރާމައިގާ އެމެރިކާއާއި، އަފްޣާން އަދި އިނގިރޭސީންގެ ފަނަރަ ހާސް ސިފައިން ބައިވެރިވެއެވެ. މިހަނގުރާމައިގެ ބޭނުމަކީ ހެލްމެންޑް ޕްރޮވިންސްގެ ދެކުނުގައިވާ މަރްޖާހ ހިފާ އެރަށުގައި ކަރުޒާއީ ސަރުކާރުގެބާރު ފެތުރުންކަމުގައި އެމެރިކާއިން ބުނެއެވެ.މަރްޖާހއަކީ، އަފްޣާން މުޖާހިދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކުރީއްސުރެ އޮންނަ ރަށެކެވެ. މިރަށް ހިފުމަށް އެމެރިކާއާ ނޭޓޯ ސިފައިން މީގެކުރިންވެސް ތިން ހަނގުރާމައެއް ކޮށްފައިވެއެވެ. ފުރިހަމަ ހަތިޔާރާއެކު ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެގެން ކުރި މިހަނގުރާމަ ތަކުގައި އެމެރިކާއާ ހުޅަގުގެ ފައުޖުތައްވަނީ މުޖާހިދުންގެ އަތުން ވަރަށް ނިކަމެތި ގޮތަކަށް ބަލިވެފައެވެ.އަލަށް މިފެށި ހަނގުރާމައަކީ ދިގުދެމިގެންދާނެ ހަނގުރާމައެއްކަމަށް ހުޅަނގާ އެމެރިކާއިން ބުނެއެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހު އެމެރިކާގެ ސިފައިންގެ މީހަކާ އެމެރިކާގެ ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް މި ދެގައުމުން ވަނީ އިޢްތިރާފްވެފައެވެ. އަދި އެމެރިކާއާ އިނގިރޭސި ޖެނެރަލުން ބުނެފައިވަނީ ފުރަތަމަ ދުވަހުގެ ޙަމަލާތައް ވަރަށް ކާމިޔާބުކަމުގައެވެ. މުޖާހިދުންގެ ފަރާތުން އަންނަނީ ވަކިވަކި ޙަމަލާތައް ކަމުގައި ވެސް ބުނެއެވެ. ނަމަވެސް ޠާލިބާން މުޖާހިދުންން ހާމަކުރާގޮތުގައި އެމީހުންވަނީ ވަރަށްފުރިހަމައަށް މިހަނގުރާމައަށް ދުރާލާ ތައްޔާރުވެފައެވެ. މިހަގުރާމަ ކުރާއިރު ޙަމަލާދިނުމުގައި އަވަސްއަރުވާލައިގެން ނޫޅޭނެކަމަށާ އަދި ބޭނުންކުރާނީ ކުއްލިއަކަށް ޙަމަލާދީ ފިލުމުގެ އުކުޅުކަމުގައި މުޖާހިދުން ވަނީ ހަނގުރާމަފެށުމުގެ ކުރިންވެސް އަންގާފައެވެ. ތަޖުރިބާ ކާރުން ދެކޭ ގޮތުގައިވެސް މުޖާހިދުން ބޭނުންކުރާމީ މިއުކުޅުތަކެވެ. މަރްޖާހގައި އެމެރިކާއާ ނޭޓޯ އަދި ކަރްޒާއީއަށް ވަފާތެރި ސިފައިން މީގެ ކުރިންކުރި ތިން ހަނގުރާމައިގާވެސް އެމީހުން ބަލިކޮށް ފައްސާލުމަށް މުޖާހިދުން ބޭނުންކުރީ މިއުކުޅުތަކެވެ. މިވައްތަރުގެ ޙަމަލާއަކީ ޢަދުއްވުންނަށް ގެއްލުންބޮޑު އަދި މުޖާހިދުންނަށް ފައިދާބޮޑު ޙަމަލާތަކެކެވެ. ޠާލިބާން މުޖާހިދުންނަކީ އަފްޣާންނިސްތާނުގައި އެމެރިކާއާ ހުޅަނގުގެ ފައުޖުތަކާ ހަނގުރާމަ ކުރުމުގައި ހުނަރުވެރި ފަންނުވެރި ބައެކެވެ.ބިބީސީ ބުނާގޮތުގައި އެމެރިކާއާ ހުޅަނގުގެ ލަޝްކަރުތަކަށް ކުރިއެރެނީ ވަރަށް މަޑު ސްޕީޑެއްގައެވެ. އަދި ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މުޖާހިދުން ވަޅުލާފައިވާ މައިންތަކާއި ގޮވާތަކެއްޗެވެ. ހޮނިހިރު ދުވަހު މަރުވި އިނގިރޭސިވިލާތުގެ ސިފައިންގެ މީހާވެސް މަރުވެފައިވަނީ އޭނާ ދުއްވަން އިން ވެހިކަލް މިފަދަ އެއްޗެއްގައިޖެހި ގޮވައިގެންނެވެ.ޒިންހުއާ ނިއުސްއޭޖެންސީ ޚަބަރުދޭ ގޮތުގައި ޠާލިބާންގެ ތަރުޖަމާނު އެ އޭޖެންސީއަށް ފޯނުން މަޢުލޫމާތު ދިންގޮތުގައި މުޖާހިދުންގެ ކާމިޔާބު ޙަމަލާތަކެއްގައި ވަނީ ޢަދުއްވުންގެ ގިނަސިފައިން މަރާލެވި އަދި ބޮޑެތި ގެއްލުން ތަކެއް ދެވިފައެވެ. ނަމަވެސް ކަރުޒާއީގެ ޑިފެންސް މިނިސްޓަރ ޢަބްދުއްރަޙީމް ވަރްދުވަނީ އެއީ ދޮގެއްކަމަށް ބުނެފައެވެ. މުޖާހިދުން ހާމަކުރާ ގޮތުގައި މިގޮތުން މަރްޖާހގައި ދިން ޙަމަލާތަކުގައި އެމެރިކާގެ ތިން ޓޭންކް ހަލާކުކޮށްލާ އެމެރިކާ ސިފައިންގެ ހަތް މީހުންވަނީ މަރާލެވިފައެވެ. އަދި އެހެން ޙަމަލާއެއްގައި އެމެރިކާގެ ދެ ޓޭންކު ގޮއްވާލާ ގިނަޢަދަދެއްގެ ޢަދުއްވުން މަރާލެވުނެވެ. އަދި މީގެ އިތުރުންވެސް ކާމިޔާބު އެހެނިހެން ޙަމަލާތަކުގައި ގިނަޢަދަދެއްގެ ޢަދުއްވުން މަރާލެވިފައިވާ ކަމުގައި މުޖާހިދުން އަންގައެވެ.ހަމަ މިއާއެކު އަފްޣާނިސްތާމުގެ އެހެނިހެން ހިސާބުތަކުގައިވެސް މުޖާހިދުންގެ ޙަމަލާތައްދަނީ ވަރުގަދަ ކުރަމުންނެވެ. މިގޮތުން ހޮނިހިރު ދުވަހު ހެނދުނު ކަންދަހާރުގެ އިރުމަތީގައި ދިން ޖާނުން ފިދާވުމުގެ ޙަމަލާއެއްގއި އެމެރިކާ ސިފައިންގެ ނަވާރަ މީހުން މަރާލާ ހަތް މީހުން ޒަޚަމް ކޮށްލެވުނު ކަމަށް މުޖާހިދުން އަންގައެވެ. އަދި ހުކުރު ދުވަހު ބުދުޚެލް ވިލެޖަށް ދާން އޮންނަ މަގުން ދަތުތުކުރި އެމެރިކާގެ ސިފައިންގެ ގާފިލާއަކަށް އަމާޒުކޮށްދިން ކާރުބޮމުގެ ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ ފަނަރަ މީހުން މަރާލެވިފައިވެއެވެ.މިދަނޑިވަޅުގައި އިނގިރޭސި ދިފާޢީ ވުޒާރާއިންވެސް ވަނީ މަރުވާމީހުންގެ ޢަދަދު ގިނަވެދާނެކަމުގެ އިންޒާރުދީފައެވެ. އެމެރިކާއާއި ހުޅަގުން މުސްލިމުންނާދެކޮޅަށްކުރާ މިފަދަ ހަނގުރާމަ ތަކުގައި މަރުވާ އެމީހުންގެ ސިފައިންނާ ލިބޭ ގެއްލުންތަކުގެ މަޢުލޫމާތު މިގައުމުތަކުން އަބަދުވެސް އަންނަނީ ސިއްރުކުރަމުންނެވެ. މިގޮތުން އެމެރިކާއާ އިނގިރޭސިވިލާތުން ޢިރާޤަށްއަރާ ޢުދުވާންތައް ހިންގި ދުވަސްވަރު އޭރުގެ ޢިރާޤު ސިފައިންނާ މުޖާހިދުންގެ ޙަމަލާތަކުގައި މަރުވި ގިނަ ޢަދަދެއްގެ އެމެރިކާއާ އިނގިރޭސި ސިފއައިންގެ މަޢުލޫމާތު ސިއްރުކޮށްގެން އުޅެނިކޮށް އެދުވަސްވަރު އެކަންވަނީ އެކަން މީޑިޔާއަށް ލީކުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ