ފިޤްހް އަދި ހަދީޘް ގެ ސިލްސިލާ ދަރުސްތަކެއް ބާއްވަނީ

ފިޤްހް އަދި ހަދީޘް ގެ ސިލްސިލާ ދަރުސްތަކެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.އިސްލާމިކް މިނިސްޓްރީއިން އިސްނަގައިގެން ގެނެސްދޭ މިދަރުސްތަކަކީ އިސްލާމީ ޢަޤީދާ ހަރުދަނާ ކުރުމަށްޓަކައި ބާއްވާ ދަރުސްތަކެއްކަމަށް އެފާރާތުން ހާމަކުރައްވައެވެ. ދަރުސްތަށް ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ބުދަ ދުވަހުގެ ރޭ މަޢްރިބް ނަމާދަށްފަހު، އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށްވަނި ހަމަޖެހިފައެވެ.އިސްލާމިކް މިނިސްޓްރީ އިން ހާމަކުރައްވާގޮތުގައި ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މައުޟޫއަކީ ‘ހަދީޘް’ ކަމަށާއި ދަރުސް ދެއްވާނީ އައްޝެއިހް ފައްޔާޒް އަލިމަނިކު ކަމަށެވެ. އަދި ‘ފިޤްހު’ ދަރުސް އޮންނާނީ ކޮންމެ ބުދަ ދުވަހެއްގައި ކަމަށާއި އެދަރުސްތައް ދެއްވާނީ އައްޝެއިހް އުޘްމާން އަބްދުﷲ ކަމަށެވެ. ދަރުސްތައް ނިމުމަށްފަހު ސުވާލުކުރުމުގެ ފުރުސަތު އޮންނާނެކަމަށް އެފަރާތުންވަނީ މައުޟޫމާތު ދެއްވާފައެވެ.މިދަރުސްތަކުގައި ހަދީޘް ކިޔަވައި ދިނުމުގައި ބައްލަވާނީ ‘ޞަޙީޙުލް ބުޚާރީ’ ކަމަށާއި ފިޤްހު ކިޔަވައި ދިނުމުގައި ބައްލަވާނީ ‘ފިޤުހުއްސުންނާ’ ފޮތް ކަމުގައިވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ