ބޮޑުކަމު ދިއުމުން ބަރުދަން ލުއިވޭތަ؟

ބޮޑުކަމު ދިއުމަށްފަހު މީހާގެ ހަށިގަނޑުގެ ބަރުމިނަށް ކުޑަވަރެއްގެ ބަދަލެއް އަންނަ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.
ނަމަވެސް ސިއްހީ މާހިރުން ބުނާ ގޮތުގައި ލުއިވާން ބޭނުންނަމަ ބޮޑުކަމުދިއުމުގެ ކަންތަކަށް ބެލުމަށްވުރެ ސިއްހަތު ރަނގަޅު، 'ފައިބަރ' ގިނަ ކާނާ ކެއުން މުހިންމެވެ.
'ފައިބަރ' ގިނަ ކާނާ ގިނައިންކެއުމަކީ ލުއިވާން ބޭނުންވާ މީހަކަށް ރަނގަޅު ކެއުމެއްކަމަށް ދިރާސާތަކުންވަނީ އެނގިފައެވެ. އަދި އެފަދަ ކާނާއިން ބޮޑު ކަމުދާން އުނދަގޫ ފަރާތްތަކަށް ފަސޭހަވެގެންދެ އެވެ.
މީހަކު ބޮޑުކަމުދާއިރު ބޮޑުކަމުދާ ތަކެތީގެ އިތުރުން ހަށިގަނޑުން ގިނަ އަދަދެއްގެ ވައި ބޭރުވެއެވެ. މިހުރިހާ އެއްޗެއް ބޭރުވުމުން މީހާއަށް ފަސޭހަވެގެން ދެއެވެ.
ބޮޑުކަމުދިއުމުގެ ސަބަބުން ހަށިގަނޑުގެ ބަރުމިނުން ލުއިވެގެންދަނީ ކުޑަ ހިނދުކޮޅަކަށެވެ. ހަށިގަނޑުން އެބައި ބޭރުކުރުމަށްފަހު އަނެއްކާވެސް ކެއުމުން ކާތަކެތި ހަޖަމްކުރުމަށްފަހު ބޭރުކުރަންޖެހެއެވެ.
ކެއުމަށްފަހު ކާތަކެތި ހަޖަމްކޮށް، ބޮޑުކަމުދިއުމަށް ހަށިގަނޑަށް ނަގަނީ ސީދާ ކިހާ އިރެއްކަމެއް އަދި ހޯދިފައެއް ނުވެއެވެ.
ސަބަބަކީ އެކި މީހުންނާއި އެކި ކާއެއްޗިއްސަށް ހަޖަމްކުރަން ނަގާ ވަގުތު ތަފާތުވާތީ އެވެ. ބަނޑުގައިވާ އެކި 'އެންޒައިމް' ތަކާއި އެސިޑްތައް ކާއެއްޗެހި ކުދިކުދިކޮށްލާއިރު، ގޮހޮރު ތެރޭގައި އެކި ބެކްޓީރިއާވެސް މިކަމަށް އެހީތެރިވެދެއެވެ. ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައެއް ކާއެއްޗެހިން ހޯދުމަށްފަހު، ބާކީބައި ބޭރުކޮށްލަނީއެވެ.
ބޮޑުކަމުދާތަކެތީގައި ހަޖަމްނުވާ ކާތަކެތީގެ އިތުރުން ފެނާއި، ބެކްޓީރިޔާއާއި މަރުވެފައިވާ ހަށިގަނޑުގެ 'ސެލްތައް' ހިމެނެއެވެ.ކޮންމެ މީހެއްގެ ހަށިގަނޑުގައިވެސް ދުވާލެއްގެ މައްޗަށް 128 ގްރާމުގެ ބޮޑުކަމުދާތަކެތި އުފައްދާކަމަށް ދިރާސާތަކުން ދައްކައެވެ.
މިގޮތުން ދުވާލަކު 3-2 ފަހަރު ބޮޑުކަމުދާން ޖެހޭނަމަ، ބޭރުވާތަކެތީގެ ބަރުމިން ލުއި ވެއެވެ. މިގޮތުން ބޮޑުކަމުދާތަކެތީގެ ބަރުމިނަށް ވަރަށް ގިނަ ކަންތައްތައް އަސަރުކުރެއެވެ. އޭގެ ތެރޭގައި ކާއެއްޗެހީގެ ވައްތަރުތަކާއި، ދުވާލެއްގެ މައްޗަށް ބޮޑުކަމުދާ މިންވަރާއި، މީހާގެ ހަށިގަނޑުގެ ސައިޒު އަދި ދިޔާއެއްޗެހި ބޯމިންވަރު ހިމެނެއެވެ.ގިނައިން ފައިބާ އެކުލެވޭ ކާތަކެތި ކާނަމަ ބޮޑުކަމުދާ ތަކެތީގެ ބަރުމިން އިތުރުވެއެވެ. ގިނަބަޔަކު ހިކެން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އޭގެ ތެރޭގައި އެކި ކަހަލަ ' ވެއިޓް ލޮސް ޑައިޓު' ތައް ހިމެނެއެވެ. މިގޮތުން މިފަދަ ޑައިޓުތައް ކެއުމުގައި ބޭނުންކުރާ ފަރާތްތަކުން އެހެންމީހުންނަށްވުރެ ގިނައިން ބޮޑުކަމުދާންޖެހެ އެވެ.މިގޮތުން ހިކެން އެންމެ ރަނގަޅު ކެއުމަކީ ' ބެލެންސް ޑައިޓް' ކަމަށް ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަންއިން ވަނީ ހާމަކޮށްފައެވެ. އެފަދަ ކެއުމުގައި ހުރިހާ ބާވަތެއްގެ ކާނާ ހަށިގަނޑަށް އެންމެ ރަނގަޅު މިންވަރަށް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ