ގާޒީ ބާރީ، މާލީ ބަޔާނަށް މަކަރު ހެދި ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ބަލަނީ

ޖުވައިނަލް ކޯޓްގެ ގާޒީ އަބްދުލްބާރީ ޔޫސުފް، މަލީ ބަޔާން އޮޅުވާލައިފައިވާކަމުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ބަލަން ނިންނައިފިއެވެއެ ކޮމިޝަނުން ބުނީ ގާޒީ ބާރީ ވިޔަފާރިކުރުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި އެ ވިޔަފާރިން މަންފާލިބި އެކަން މާލީ ބަޔާނުގައި ހާމަކޮށްފައިނުވާކަމުގެ މައްސަލައެއް ތަހުހީގުކުރުމަށް ކޮމިޝަނުން މި މަހުގެ 8 ވަނަ ދުވަހު ނިންމާފައިވާކަމަށެވެ.ޖޭއެސްސީން ބަލަމުންދާ މައްސަލައެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ވަނީ ގާޒީ ބާރީ ވަނީ ސަސްޕެންޑްކޮށްފައެވެ.
އޭނާ ސަސްޕެންޑް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މާލީ މަންފާއެއް ލިބުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނޭކަމަށް ކުރެވޭ ތުހުމަތުގެ މައްސަލަގެ ތަހުގީގު ކުރުމަށް ކަމަށް ޖޭއެސްސީން ކުރިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ