އެމްއޭސީއެލްގެ ބޯޑަށް ސިޔާދު ގާސިމް ހަމަޖައްސައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ވިލާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ހަމަޖައްސައިފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން އޭނާ އެ މަގާމަށް ހަމަޖައްސާފައިވާކަން އެމްއޭސީއެލްގެ އޮފިޝަލަކު ވަނީ “ހަފްތާ”ކަށަވަރު ކޮށްދެއްވައިފަ އެވެ.
ސިޔާދުގެ އިތުރުން އެ ބޯޑުގައި މިވަގުތު ތިއްބަވަނީ ފަސް މެމްބަރުންނެވެ.
އެއީ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ޑރ. އިބްރާހިމް މަހުފޫޒާއި އިބްރާހިމް ނޫރައްދީނާއި އައިޝަތު އަރުޝާ އަދި އަހުމަދު އީމާން މޫސާ އެވެ.
އެމްސީއެލްގެ ސީއީއޯގެ މަގާމުގައި ހުރި ގޯޑަން އެންޑްރޫ ދާދިފަހުން މަގާމުން ވަކިކުރުމުން އެ މަގާމަށް އަދި މީހަކު ހަމަޖައްސާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ