ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަކީ ގިނަ ރައްޔިތުން ތަކަކަށް އުފާވެރިކަން ލިބިގެންދާނެ ކަމެއް: ޑރ. ޖަމީލް

އިދިކޮޅު ޕީޕީއެމް، ޕީއެންސީ އިން މިއަދު އެ ދެޕާޓީގެ ޕްރައިމަރީ ފޯރީއާއެކު ބޭއްވުމަކީ ގިނަ ރައްޔިތުން ތަކަކަށް އުފާވެރިކަން ލިބިގެންދާނެ ކަމެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމައު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ، މިއަދު މެންދުރު ފަހު 2:30 އިން ފެށިގެން ކުރިއަށްދާ، ޕިޕީއެމް ޕީއެންސީގެ ލޯކަލް ކައުންސިލް ޕްރައިމަރީ އާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޕީޕީއެމް ޕްރައިމަރީ ކުރިއަށްދަނީ މާލޭގައި ދަރުބާރުގޭގަ އާއި އަތޮޅުތެރޭގައި އެރަށެއްގެ ފޯކަލް ޕޮއިންޓުން ކަނޑައަޅާ ތަނެއްގައެވެ. އަދި މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވޯޓު ލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ޕީޕީއެމުން ބުނީ، ވޯޓުލުން ކުރިއަށްދަނީ ހަތް އަތޮޅެއްގައި ކަމަށެވެ. އެއީ ދެސިޓީ ކައުންސިލާއި 65 ރަށު ކައުންސިލަށް ކަމަށްވެސް ބުނެފައިވެއެވެ.
މި ކަމާ ގުޅިގެން ޑރ. ޖަމީލު ވިދާޅުވީ، އޮޕޮޒިޝަން ވަރުގަދަ ވުމުން ޑިމޮކްރަސީގައި ރައްޔިތުންނަށް އިތުރު ގޮތެއް ލިބޭނެ ކަމަށާއި، މިއީ ރާއްޖޭގައި ޑިމޮކްރަސީ ފައްކާވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ