ޗުއްޓީއަށް ފަހު މާލެ ވަޑައިގެން ރައީސް ނަޝީދު ކަރަންޓީނަށް

އެއް މަސް ދުވަހުގެ ޗުއްޓީއެއް އިނގިރޭސިވިލާތުގައި ހޭދަކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެން ކަރަންޓީން ވުމަށް ބ.އަތޮޅުގެ ރިސޯޓަކަށް ވަޑައިގެންފިއެވެ.މިއަދު އިނގިރޭސިވިލާތުން ވަޑައިގެންނެވުމަށްފަހު އެމަނިކުފާނުވަނީ ކަރަންޓީނުވުމަށްޓަކައި ބ. އަތޮޅުގެ ރިސޯޓަކަށް ފުރާ ވަޑައިގެންފައެވެ. ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން އޮތް ދުވަސްވަރެއްގައި، އިނގިރޭސިވިލާތުން އަންނަ ކޮންމެ ފަރާތެއްވެސް 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކޮށް ޓެސްޓް ކުރަންޖެހެއެވެ.ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާ ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފަހު ދައުރު ނިންމަވާލެއްވުމަށްފަހުއެވެ. ރައްޔިތުން މަޖިލިސް މެންބަރުންނަށް ލިބުނު ދެމަސް ދުވަހުގެ ޗުއްޓީ ނިމި ޖަލްސާތައް ރަސްމީކޮށް ފަށާނީ އަންނަ މަހުއެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ތާރީހު އަވަސް ކުރުމަށްޓަކައި ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތައް މިހާރު ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ