މިއަދު ހަވީރު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބާއްވަނީ

މިއަދު ހަވީރު ރައްޔިތުން މަޖިލިހުގެ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ. މިއަދު ރައްޔިތުން މަޖިލިހުގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ 16.30ގައެވެ. މަޖިލިހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ކޮންމެ ހޯމަދުވަހަކާއި، އަންގާރަދުވަހަކާއި ބުދަދުވަހެއްގައެވެ. ނަމަވެސް ހޯމަދުވަހަކީ މަޖިލިހުގެ ހިނގަމުންދާ ދައުރުގެ ފަހު ޖަލްސާ އޮންނަ ދުވަސްކަމުގައިވާތީ މިއަދު މަޖިލިޖހުގެ ޖަލްސާއެއް ބާއްވަން ނިންމީއެވެ. މިއަދުގެ މަޖިލިހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކޮމިޓީތަކުން ނިންމާފައިވާ ރިޕޯޓުތަކާ ގުޅޭ ބަހުސެވެ. އަދި ނިންމާފައިވާ މަސައްކަތްތަކަށް ވޯޓަށް އެހުން އޮންނާނެއެވެ. ބަހުސްކުރުމަށް ތާވަަލުކޮށްފައިވާ ކަންކަމުގެ ތެރޭގައި ކުރީގެ ހެލްތު މިނިސްޓަރު މަޖިލިހަށް އިތުރުފުޅުހެއްދެވި މައްސަލަ މަޖިލިހުގެ އިމްތިޔާޒު ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ދިރާސާކޮށް ކޮމިޓީން ނިންމި ރިޕޯޓޫ ހިމެނެއެވެ. މި އަަހރު މަޖިލިހުގެ ފުރަތަމަ ދައުރުގައި 42 ޖަލްސާ އަދި ދެވަނަ ދައުރުގައި 34 ޖަލްސާ ބާއްވާފައިވާއިރު، މި ދައުރުގައި ބާއްވާފައިވަނީ 26 ޖަލްސާއެވެ. ކޮވިޑް-19އާ ގުޅިގެން މާލޭގައި ފުރަބަންދު ހިންގާފައި އޮތް ވަގުތުގައިވެސް ރައްޔިތުން މަޖިލިހުގެ ޖަލްސާތައް ބޭއްވިއެވެ. މަޖިލިހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި މި މަޖިލިހަކީ މަސައްކަތްތެރި ހަލުވި ދުވެލީގައި މަސައްކަތްތައް ނިންމަމުންދާ މަޖިލިހެކެވެ. މަޖިލިހުގެ 3 ވަނަ ދައުރު ނިންމުމަށްފަހު ރައްޔިތުން މަޖިލިހުގެ ރައީސާ އާންމުންނަށް ސުވާލުކުރުމުގެ ފުރުޞަތު ދޭ "އާސްކް ސްޕީކާ" ޕްރޮގުރާމު ބާއްވަން މަޖިލިހުން އިއުލާނުކޮށްފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ