މެމްބަރު ޝަރީފުގެ ނަން އިއްވައި ތަޅުމުން ނެރެފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނު ވަގުތުގައި ހިނގާދިޔަ ޒުވާބަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފުގެ ނަން އިއްވައި ތަޅުމުން ނެރެފިއެވެ.މަޖިލީހުގެ ޖަލްސާ މިއަދު ފެށުމަށް ތައްޔާރުވަމުން ދިއަ އިރު ވެސް، ޝަރީފް ގެންދެވީ، ކޯފާ އިސް ކުރައްވައި، ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ.ނަމަވެސް، އޭނާ ކޯފާ ވެގެން އުޅުއްވަނީ ކޮން ކަމަކާ ކަމެއް ސާފެއް ނުވެ އެވެ. އަދި ރިޔާސަތަށް އިޝާރާތް ކުރައްވައި ވިދާޅުވަމުން ގެންދެވި ވާހަކަތަކެއް ވެސް ސާފެއް ނޫނެވެ.ވަކި ހިސާބަކުން ރިޔާސަތުން ރައީސް ނަޝީދު ފުރަތަމަ އެންގެވީ ޝަރީފު ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށެވެ. ތަކުރާރުކޮށް އެގޮތަށް އެންގެވުމުން ވެސް ޝަރީފު އަޑުމަޑު ނުކުރެއްވުމުން އޭނާގެ ނަން އިއްވަވައި ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވަން އެންގެވި އެވެ.އެހެން ނަމަވެސް ޝަރީފް ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ.ޝަރީފް ޖަލްސާއިން ނެރެން ސާޖަންޓް އެޓް އާމްސް އަށް ނަޝީދު އެންގެވީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި އިންނަވައިގެންނެވެ."ސާޖަންޓް އެޓް އާމްސް، މީނާ ނެރޭ. ސާޖަންޓް އެޓް އާމްސް، ސާޖަންޓް އެޓް އާމްސް މީނާ ނެރޭ،" އެމަނިކުފާނު އެދިވަޑައިގަތެވެ.މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިޒުވާބު މަޖިލީހުގެ ތެރޭގައި ހިނގާފައިވަނީ "ބަޣާވާތު"ގެ ޒުވާބެއްގެ ތެރެއިން ކަމަށެވެ. މިއީ އާންމު މުޖުތަމައުގައި ހުންނަ ޖަޒުބާތުތައް ކަމަށާއި، މިކަންކަން މެމްބަރުންގެ މެދުގައި ހޫނުވެ ޒުވާބަށް ދިއުމަކީ ދެކެން ބޭނުންވާ މަންޒަރެއް ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ