މެމްބަރު އިކްރާމް މައާފަށް އެދިއްޖެ

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ސާޕަލްނެގި އަންހެން މީހާ އާއި އޭނާގެ މަންމައާ މިއަދު ބައްދަލުކުރައްވައި، އޭނާއަށް ކުރެވުނު ކުށަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން މައާފަށް އެދިވަޑައިގެންފިއެވެ.އިކްރާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާ "ޝިފާނާ" އަދި ޝިފާނާގެ މަންމައާ މިއަދު ބައްދަލުކޮށް، އޭނާ އަށް ބުނެވުނު އަދި ކުރެވުނު ކަމަށް މައާފަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.އެޗްއީއޯސީގެ އާރްއާރް ޓީމްގެ ކިބައިން ވެސް އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.މެމްބަރު އިކްރާން ކަރަންޓީނުގެ މުއްދަތު ހަމަވުމުން ގަލޮޅު މަދަރުސާއަށް ގޮސް ސާމްޕަލް ނަގަން ނޭފަތަށް އިލޮށިކޮޅު ކޮއްޕުމުން ވީ އުނދަގުލުން އޭނާގެ އަތުން "ޝިފާނާ" ގެ ގައިގައި ޖެހި ކަމަށް ބުނެ އެ މައްސަލަ "ޝިފާނާ" ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.ނަމަވެސް އިކްރާމް މީގެކުރިން ވިދާޅުވެފައި ވަނީ "ޝިފާނާ" ގެ ގައިގައި އޭނާ ނުޖަހާ ކަމަށާއި ލިބުނު ވޭނުގެ ސަބަބުން "ޝިފާނާ"ގެ އަތުގައި ހިފައި ދުރަށްލީ ކަމަށެވެ. އަދި އެވަރަށް ވޭން ނުލިބޭގޮތަށް ސާމްޕަލް ނެގެންވާނެ ކަމަށް ވެސް އިކްރާމް ވަނީ ވިދާޅުވެފައެވެ.މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުން ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ