ކަންމަތީ ފިހާރަތަކުގެ ކަރަންޓް އަގު ހެޔޮކޮށްދޭނަން: އިބޫ

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ދޭއް ހާއްސަ ސަމާލުކަމެއްގެ ގޮތުގައި ކަންމަތީ ފިހާރަތަކުގެ ކަރަންޓު އަގު ހެޔޮކޮށްދޭނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހް، އިބޫ ވިދާޅުވެއްޖެއެވެ.
ވ ފުލިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ކުދި ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކަރަންޓު ބިލު ބޮޑުވުން ކަމުގައެވެ. އަދި ލިބޭ އާމްދަނީން މުސާރަ ދީފައި ބާކީ އޮންނަ އެތިކޮޅު ދައްކަން ޖެހެނީ ކަރަންޓު ބިލު ބިލަށްކަމަށް އިބޫ ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ލިބޭ ފައިދާއެއް ނެތްކަމަށާއި އެހެންކަމުން އިދިކޮޅު ކޯލިޝަންގެ ވެރިކަމުގައި ކުދި ވިޔަފާރިތަކުން ޚާއްސަކޮށް ކަންމަތީ ފިހާރަތަކުން ދައްކަންޖެހޭ ކަރަންޓުގެ ބިލު ކުޑަކުރެވިގެންދާނެކަމަށް އިބޫ ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށްފައިވާ ބަޔަކު ސަރުކާރު ތެރޭގައި އެބަތިބި ކަމަށާއި އެ ވަގަށް ނަގާފައިވާ ފައިސާއާއި ވައްކަންކުރި ބަޔަކުވެސް ހޯދަން ޖެހޭކަމަށް އިބޫ ވިދާޅުވިއެވެ. އަދި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ވަކި މީހަކަށް ބެލުމެއް ނެތި ވައްކަމުގެ ޒިންމާ ވާންޖެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ