ރިޔާސީ އިންތިޚާބަށް ހަފްތާއަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ)އާ ބައްދަލުކޮށްފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫއާ އަންގާރަ ދުވަހުގެ ރޭ ސްކޫލްތަކުގެ ޓީޗަރުންނާއި ޔުނިވަރސިޓީ އަދި ކޮލެޖް ލެކްޗަރަރއިން ހިމެނޭ ގޮތަށް ފަންސާހެއްހާ މީހުން ބައްދަލުކުރިއެވެ. މި ބައްދަލުވުން އޮތީ ހޮޓެލް ޖެންގައި، އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީ އިން އިންތިޒާމްކޮށްގެން ބޭއްވި 'ރައްޔިތުންގެ ދަރުބާރު' ޕްރޮގްރާމަށް ފަހުއެވެ.
More brave teachers meeting with Joint Opposition Presidential Candidate, MP @ibusolih and his running mate MP @FaisalNasym to share their concerns. #JazeeraRaajje. pic.twitter.com/0Hw8FGr9Hk
މި ބައްދަލުވުމުގައި އިބޫގެ އިތުރުން އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމާއި، އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ އަދި މިހާރު މާލޭގެ މޭޔަރ ޝިފާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
އަންގާރަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ޓީޗަރުން އިބޫއާ ބައްދަލުކޮށްފައިވާއިރު، މީގެ ކުރިން ވެސް މާލޭގެ ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ ޓީޗަރުންގެ އިތުރުން ބައެއް ރަށްރަށުގެ ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ވަނީ އިބޫ އާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމްއަށް ތާއީދުކުރާކަން ހާމަކޮށް، އެ ދެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
އިބޫއާ ބައްދަލުކޮށް ޓީޗަރުން ވަނީ ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އިބޫ ވަނީ އެކަންކަން ހައްލުކޮށްދެއްވުމަށް އެމަނިކުފާނުގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަކޮށްދެއްވާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ