އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވެވި ފަސް ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީ، ފާސްކޮށްފި އެވެ.
އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމުން އެ ކޮމިޝަންގައި ތިއްބެވި ތިން މެމްބަރުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.
ނަމަވެސް އޭގެ ކުރީން އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަކީލްއާއި އަލީ އަޝްރަފު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސް ފޮނުވި ނަންތައް މަޖިލީހުން މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައި މިވަނީ، އެކޮމިޝަންގެ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ގާތްގަނޑަކަށް ތިން މަސް އޮތުމަށްފަހު އެވެ.
މި ނަންތަކުގެ ތެރެއިން އެއްވަނައިގައި އޮތް ޝާމިލްއަކީ އޭސީސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އިންވެސްޓިގޭޓަރެކެވެ. އަދި އަބްދުއްސަލާމް މިހާރުވެސް އޭސީސީގެ އިންވެސްޓިގޭޓަރުންގެ ހެޑްގެ ގޮތުގައި ހުންނެވި ބޭފުޅާއެވެ.
ދެން ހިމެނޭ މެންބަރުންގެ ތެރެއިން ތާހާއަކީ ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެމްބަރެކެވެ. އަދި ޝިޔާމާއަކީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.
އޭސީސީއަށް ފްލެޓް ކޮމިޓީގެ މެމްބަރު ތާހާއާ އެކު ފަސް މެންބަރަކު އައްޔަންކުރަން ރުހުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ