އެއްވެސް ބުއްދިވެރިއަކު ދީނާ ބެހި، ސަގާފަތަށް ފާޑު ނުކިޔާނެ: ޔާމީން

އެއްވެސް މުޖުތަމައެއްގައި ބުއްދިވެރިއަކު ނުކުރާނެ ދެ ކަމެއް އޮންނަ ކަމަށާއި, އެއީ އެ ބައެއްގެ ދީނާ ބެހުމާއި ސަގާފަތަށް ފާޑު ކިއުން ކަމަށް, ކުރީގެ ރައީސް އަދި އިދިކޮލު ލީޑަރު އަބްދުالله ޔާމީން ރޭ ވިދާޅުވެއްޖެއެވެ.
ކާނިވާ ސަރަހައްދުގައި, އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި "ނަބިއްޔާގެ ދިފާއުގައި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން, ޔާމީން ވަނީ ކީރިތި ރަސޫލާގެ މަތިވެރިކަން ބަޔާންކޮށްދެއްވުމުގެ ގޮތުން ގިނަ މިސާލުތައް ދައްކަވައި, ކީރިތި ރަސޫލާ ދެކެ ލޯބިވާންވީ ބައިވަރު ސަބަބުތައް ހުރި ކަމަށް ވިދާޅުވެފައެވެ.
ޔާމީން ވިދާޅުވި ގޮތުގައި, އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ހައްދުފަހަނަހަޅާފައިވާ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި ކުރުން އެއްވެސް ވަރަކަށް ގަބޫލު ނުކުރައްވާނެއެވެ. އެމަނިކުފާނު ވިދާޅުވީ, މިއީ އާދައިގެ ކަމެއް ކަމަށް ބުނެ, އިސްލާމީ އެއްވެސް ގައުމަކުން އެކަން ދޫކޮށްނުލާނެ ކަމަށާއި, އިސްލާމީ ބޮޑެތި ގައުމުތަކުން އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް ދިވެހި ސަރުކާރުން އެކަން ކުށްވެރި ކުރީ އާދައިގެ ގޮތަކަށް ކަމަށް ވިދާޅުވެ, އެމަނިކުފާނު އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އެއާއެކު، ޔާމީން ވަނީ އެއްވެސް މުޖުތަމައެއްގެ ތެރޭގައި ބުއްދިވެރިއަކު ނުކުރާނެ ދެ ކަމެއް އޮންނަ ކަމަށް ވިދާޅުވެފައެވެ.
އެއާ އެކު ވެސް, އިންޑިއާއިން އެކަން އެގޮތަށް ކުރިއިރު, ދިވެހި ސަރުކާރުން އިންޑިއާގެ ސަރުކާރަށް ބަހެއް ބުނެފައި ނެތުމުން, ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"އެކަމަކު ދިވެހިރާއްޖޭގެ ކީއްތޯ. އެކަމަކު މިވަގުތު ދިވެހި ސަރުކާރު، ދިވެހިރާއްޖެ އެބަޔަކާ ހެދި އެންމެ ވަރުގަދައަށް ޖިހާދު ކުރާ ބަަޔަކީ އިންޑިއާ ސަރުކާރު. އިންޑިއާއަށް ފިލާވަޅެއް ނައިގެން ދޭން ވެސް ދިވެހިރާއްޖެއަކަށް ނުކުރޭ." ޔާމީން ވިދާޅުވިއެވެ.
އޭގެ އިތުރުން ޔާމީން ވަނީ އިންޑިއާގެ "ހިންދުތުވާ" މޫވްމަންޓާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން އިންޑިއާގައި ހިނގައިދިޔަ ކޮންމެ ހަމަނުޖެހުމެއްގެ ފަހަތުގައި ހިންދުތުވާގެ ދައުރެއް އޮންނަ ކަމަށާއި, އެ މީހުންގެ ބޭނުމަކީ ހިންދޫންގެ ރަސްކަމެއް ގާއިމް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި ހިންދުތުވާގެ އަމަލުތައް ހުރީ އެމެރިކާގެ ވައިޓް ސުޕާމަސިސްޓުންނާއި ޖަރުމަނުގެ ނާޒީންގެ އަމަލުތައް ހުރި ގޮތަށެވެ. އަދި އެފަދަ ކޮންމެ ކަމަކާ ދިވެހިން ދެކޮޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ