މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑިދާނެ: ސްޓެލްކޯ

މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑިދާނެ ކަމަށް ސްޓޭލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ ހެންވޭރާއި ގަލޮޅުގެ ކަށިމާ ހިނގުމާއި ބުރުޒުމަގާއި ލޮނުޒިޔާރަތްމަގުގާއި މޫނިމާހިނގުމުގެ އިތުރުން އިރުދޭމާ ހިނގުން އަދި ދޮންއަދަރާދަ ހިނގުން ހިމެނޭ ސަރަހައްދުން ކަރަންޓްދާނެ ކަމަށް އެކަށީގެންވާ ކަމަށެވެ. އެގޮތުން ކަރަންޓުގެ ހިދުމަތް މިއަދު ކެނޑިދާނެ ވަގުތަކީ މެންދުރުފަހު 2 އިން 3:30 އާ ދެމެދުގެ ވަގުތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑަނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ކަމަށާއި އެ މަސައްކަތް ނިމުނުހައި އަވަހަކަށް އަނބުރާ ކަރަންޓު އިއާދަކުރާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި އެފަދަ އެކި މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް ކަނޑާ ފަހަރުތަކުގައި އާންމުކޮށް ސްޓެލްކޯއިން އަންނަނީ އެ ފަދަ މައުލޫމާތު ހިއްސާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ