ރިޔާސީ އިންތިޚާބާގުޅޭ މުހިންމު ބައެއް ކަންތައްތަކާ ބެހޭ ގޮތުން، ރިޔާސީ ތިން ކެންޑިޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައްދަލު ކޮށްލެއްވުމަށް ހަމަޖައްސަވައިފި އެވެ.
މި ބައްދަލު ކުރެއްވުން ބާއްވާ ގޮތަށް ހަމަޖެއްސަވާފައިވަނީ އަންނަ ބުދަ ދުވަހު 11.30 ގައި ރައީސް އޮފީހުގަ އެވެ.
ރައީސް އޮފީހުން ބުނީ ރިޔާސީ ކެންޑިޑޭޓުންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވައި، އެ ބޭފުޅުންނަށް ރައީސް ވަހީދު މިއަދު ސިޓީފުޅެއް ފޮނުއްވާ ކަމަށާއި ރިޔާސީ ކެންޑިޑޭޓުންނާ ރައީސް ބައްދަލު ކޮށްލައްވަނީ، ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި، އަދި އޮމާން ސުލްހަވެރި އިންތިހާބަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާތީ ކަމަށެވެ.
ރިޔާސީ ރޭހުގައި ތިއްބެވި ތިން ރިޔާސީ ކެންޑިޑޭޓުންނާ ރައީސް ވަހީދު ބައްދަލު ކުރަން ނިމެވިއިރު އިންތިހާބުގެ ކަންކަމާގުޅޭ ގޮތުން މީގެ ކުރިން އެ ތިން ބޭފުޅުން ވެސް ވަނީ ވަނީ ބާއްދަލު ކުރައްވާފަ އެވެ.
ރިޔާސީ ތިން ކެންޑިޑޭޓުންނާ ރައީސް ބައްދަލު ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ