ޝީލާ ނަޖީބްގެ ބައްޕަ އަހުމަދު ނަޖީބް މަރާލާފައި އޮއްވައި ފެނިއްޖެ

00:20:30 ނަޖީބުގެ ދަތް ދޮޅިއަށް ހަރާލާފައިވާ ވަޅިތިލައެއް ހުރިކަމަށާއި އޭގެ މުއްގަނޑު ނެތްކަމަށް ހޮސްޕިޓަލުން މައުލޫމާތުލިބެއެވެ. ނަޖީބްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އަސުރު ނަމާދަށްފަހުއެވެ. ނަޖީބްގެ އާއިލާގެ ބައެއް މެންބަރުން މެލޭ ޝިއާއިން އައުމަށްދަނީ މަސައްކަތް ކުރަމުންނެވެ. ނަޖީބުގެ ހަށިގަނޑު ހޮސްޕިޓަލްގައި ބައްވާފައިވާއިރު ޤާނޫނީ ވަކީލުންނާއި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަށް ގެންދަނީ ހޮސްޕިޓަލަށް ޒިޔާރަތް ކުރަމުންނެވެ. އުއްތަމަ ފަނޑިޔަރު އަހުމަދު ފާއިޒް ހުސައިންވެސްވަނީ މިރޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ
21:07:05 ނަޖީބްގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ މުއްރަތު ނަމަކަށްކިޔާ މީހެއްކަމަށް ފުލުހުންބުނޭ. އޭނާގެ ކުށުގެ ރެކޯޑް އޮންނަ ކަމަށްވެސް ފުލުހުންބުނެއެވެ. އަހުމަދު މުއްރަތުގެ ލޯބިވެރިޔާވެސް މިހާރުވަނީ ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މ މަޝްއޫރާ ގެއަށް ނަޖީބް ވަޑައިގެން އުޅުއްވީ އެގެ ބެހުމުގެ މައްސަލައެއްގެ ވަކީލެއްގެ ގޮތުންނެވެ. ނަޖީބް މަރާލާފައި އެގޭގެ ކޮޓަރިއެއްގައިހުރި ޑަސްބިނެއްގެ ތެރޭގައި އޮއްވައި ފުލުހުން ނަޖީބް ނެގިއިރު ޑަސްބިނުގެ ތެރޭގައި ބޮޑެތި ޕޭމަންޓް ގާވެސް ހުރިކަމަށް ފުލުހުންބުނެއެވެ. ނަޖީބުގެ ކުއްލި މަރާއި ގުޅިގެން އާއިލާއަށްވަނީ ފުންހިތާމައެއް ލިބިފައެވެ.
21:03:23 ނަޖީބްގެ އާއިލާގެ ގިނަ އަދަދެއްގެ މެމްބަރުން މިހާރުވަނީ އައިޖީއެމް ހޮސްޕިޓަލަށް ޖަމާވެފަ. މުޅި އާއިލާއަށްވަނީ ފުން ހިތާމައެއް ލިބިފަ
20:52:44 ލޭޑީމޫންގެ ނަމުން އަދަބީ ފޮތްތަކާއި ކުޑަކުދިންގެ ފޮތްތަކާއި ވާހަކަ ފޮތްތައްވެސް ނަޖީބް ލިއުއްވާފައިވެއެވެ. ނަޖީބަކީ ސ ހިތަދޫއަށް އުފަން ބޭފުޅެކެވެ. ފުލުހުން މިހާރުވަނީ މަރާލާފައިވަނީ ނަޖީބްކަން ކަށަވަރުކޮށްދީފަ
20:51:02 ނަޖީބަކީ ޝީލާގެ އިތުރުން ދުވުންތެރިޔާ ޝަމްހާ އާއި ބެޑްމިންޓަން ކުޅުންތެރިޔާ ނީލާއަދި ފިލްމީތަރި ފައިސަލްގެވެސް ބައްޕަ އެވެ
20:49:21 މަރާލާފައި އޮއްވައި ފެނިފައިވާ ނަޖީބްކިޔާ މީހާއަކީ މަޝްހޫރު ފިލްމީތަރި ޝީލާ ނަޖީބްގެ ބައްޕަކަމަށް މައުލޫމާތުލިބޭ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރެއް ނުކޮށްދޭ. އަހުމަދު ނަޖީބަކީ ޤާނޫނީ ވަކީލެއްވެސްމެ.
20:32:37 މަރާލާފައި އޮއްވައި ފެނިފައިވަނީ 65 އަހަރުގެ މީހެއްކަމަށާއި މިމައްސަލާގައި އެކަކު ހައްޔަރުކުރެވި އިތުރު މީހަކު ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށް ފުލުހުންނާއި ހަވާލާދީ ސީއެމްއެމް ނިއުސްޓީމުން މައުލޫމާތުދޭ
20:10:22 މައުލޫމާތު ލިބިފިއިވާ ގޮތުގައި މަރުވެފައި އޮއްވައި މ މަސްއޫރާ ގެއިން ނެރެފައިވަނީ އަހުމަދު ނަޖީބް ކިޔާމީހެއް. ނަމަވެސް ޔަގީނެއް ނުވޭ20:09:30 އެއީ ކޮން ޖިއްސެއްގެ މީހެއްކަމެއްވެސް ނުވަތަ ދިވެއްސެއްކަން ނުވަތަ ބިދޭސީއެއްކަންވެސް ސާފުނުވާކަމަށް ސީއެންއެމް ނިއުސްޓީމުންބުނޭ20:08:41 މަރުވެފައިވާ މީހާ މިހާރުވަނީ މ މަސްއޫރާ ކިޔާ ގެއިން ނެރެގެން އައި ޖީއެމްއެޗްއަށް ގެންދިއުމުގެ މަގުމަތީގައި20:05:59 އެސަރަހައްދުގައި ހަރަކާތްތެރިވާ ސީއެންއެމްގެ ނިއުސްޓީމުންބުނީ އެމީހާ އޮތީ މަރާލާފައިކަމަށް ލަފާކުރެވޭކަމަށާއި މިހާރު އެމީހާ ގެއިންނެރެ އައިޖީއެމް ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް
20:04:55 މާފަންނު ސަހަރާ ކައިރީ ހުރި ގެއެއްގެ ތެރެއިން މަރުވެފައިއޮތް މީހަކު ފެނިއްޖެއެވެ. ފުލުހުންވެސް އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ