ރައްޔިތުން ބޭނުންވާފަދަ ކޮރަޕްޝަނާއި ފަސާދައިން ދުރުވެފައިވާ މިނިވަން މުޖުތަމައެއް އުފެއްދުމަށް މުހިންމު ބިލްތަކެއް ފާސްކޮށްފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ލިޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހަފްތާ ނިންމުމުގެ ނަމުގައި ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އެޕާޓީގެ ލީޑަރ ރިޔާސީ ކެނޑިޑޭޓް ގާސިމް ވިދާޅުވީ އިއްޔެ އަކީ މުހިންމު ދުވަހެއްކަމަށާއި ފަސާދަ އާއި ހިނާޔާތުން ގައުމު ސަލާމަތްކުރުމަށް މުހިންމު ބިލްތަކެއް ފާސްކޮށްފައިވާކަމަށެވެ.
ބިލްތަކުގެ ތެރޭގައި ސިޔާސީ ޕާޓީގެ ބިލާއި ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރ ކޮށް އިވެލުއޭޓް ކުރުމުގެ ބިލް ހިމެނޭކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ވެސް ވަރަށް ގިނަ ގޮތްގޮތަށް ބެލުމަށް ފަހު ނިންމާފައިވާ ބަޖެޓެއްކަމަށް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަންނަވާނީ 30000 މެމްބަރުންގެ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ހަދައިގެން އެ އެންމެންނާއެކުގައި ކަމަށެވެ.
އަދި އިންތިހާބުގެ ކުރިން 30 ހާސް މެންބަރުން ހަމަކުރުމުގެ ގޮތުންނާއި އަދި އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާކަމަށާއި އެ ދަތުރުގައި ގާސިމް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ފަސާދައިން ދުރުވުމަށް މުހިންމު ބިލްތަކެއް ވަނީ ފާސްކުރެވިފައި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ