ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ކެނޑިޑޭޓް ފާރިޝް މައުމޫންގެ ކެމްޕޭނަށް ފާރިޝްގެ ބައްޕާފުޅު އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް މީމު އަތޮޅަށް ފުރާވަޑައިގެންފިއެވެ.
މައުމޫން ވިދާޅުވީ މިދަތުރަކީ ދިއަގަރު ދާއިރާގެ ކެނޑިޑޭޓް ފާރިޝް މައުމޫންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ފާރިޝް މައުމޫނާއެކު ދިއްގަރު ދާއިރާގެ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ އިންތިހާބު ކޮށްފައެއް ނުވެއެވެ. އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވަނީ ޝައުގުވެރިކަން ފާޅު ކުރުމަށްފަހު އިންތިހާބުގައި ކުރިމަތި ނުލާނެކަން އިއުލާނުކުރައްވާފައެވެެ.
ޕީޕީއެމްގެ ފަރާތުން ޕީޕީއެމްގައި ޕްރައިމަރީގައި ވާދަކުރައްވާފައިވަނީ މ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރެވެ.
ރަސްމީކޮށް ކެމްޕޭން ފެއްޓުމަށް ކުރާ މިދަތުރުގައި މައުމޫން އަބްދުލް ގައްޔޫމާއެކު އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި ކެނޑިޑޭޓް ފާރިޝް މައުމޫން އަދި ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ބައިވެރިވެވަޑައިގަންނަވައެވެ.
ދިއްގަރު ދާއިރާގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.
ފާރިޝްގެ ކެމްްޕޭނަށް މައުމޫން މ.އަތޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ