ޖައިލަމްގެ މަރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިނުގަތް މައްސަލަ ހައިކޯޓަށް

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަރުބާރުގެ ކުރިމަތިން އޮންނަ އިރުދޭމާ ހިނގުމުގައި ހިނގި މަރާމާރީއެއްގައި ހ. ހަންޑްރެޑްފްލާވަރ، ޖައިލަމް އަޙްމަދު ޝާކިރު (23އ) މަރާލި މައްސަލަ ކްރިމިނަލް ކޯޓުން ބަލައިނުގަތް މައްސަލަ ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހަޅައިފިއެވެ.
ޖައިލަމްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިނުގަތް ސަބަބު ސާފުވެފައި ނުވާއިރު، ޕީޖީ އޮފީހުން މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި މައްސަލައާއި މެދު ވަކި ގޮތެއް އަދި ހައި ކޯޓުންވެސް ނިންމާފައެއް ނުވެއެވެ.
ޖައިލަމް މަރާލި މައްސަލައިގެ ތަހުޤީޤު ނިންމާ 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައި ވަނީ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ.
ވަޅިން ހަމަލާދިނުމުން ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ޖައިލަމް ނިޔާވިއިރު އޭނާއަށް އަށް ހަމަލާ ދީފައި ވަނީ އެރޭ 22:20 ހާއިރު ދަރުބާރުގޭ ކުރިމަތީގައި އޮންނަ ގޯޅިއެއްގައި ހުންނަ “ހަންޑްރެޑް ފްލާވާ” ކިޔާ ގެއެއްގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އޭނާ އިށީންދެގެން އިންދާ ސައިކަލެއްގައި އައި ގްރޫޕަކުންނެވެ.
ޖައިލަމް އަށް ހަމަލާ ދީފައި ވަނީ ދެސައިކަލެއްގައި އައި ހަތަރު މީހުންގެ ގްރޫޕަކުންނެވެ. ހަމަލާ ދިނުމަށް ފަހު އެގްރޫޕް ވަނީ ފިލައިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ