ކައުންސިލް ކަމަށް އިންތިހާބުވެ މޤާމުގެ ހުވާ ކުރެއްވި ހުރިހާ ކައުންސިލަރުންވެސް ރައްޔިތުން އެދޭގޮތަށް ތަރައްގީގެ މަސައްކަތުގައި ވަރުގަދަ އަޒުމަކާއިއެކު ކުރިއަށް ވަޑައިގަތުމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދޭގޮތަށް ތަރައްގީގެ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ރައީސް މައުމޫން ވަނީ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކުގެ މެންބަރުން އަދި މޭޔަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބުގެ ކައުންސިލަރުންނާއި ކައުންސިލްތަކުގެ ރައީސުން ހޮނިހިރު ދުވަހާއި ހޮނިހިރު ދުވަހުގެރޭ ވަނީ މަގާމުގެ ހުވާކުރައްވާ މަސްއޫލިއްޔަތާއި ހަވާލްވެފައެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީ އަށް ބޮޑު ތާއީދެއް ލިބިގެން ގޮސްފައިވެއެވެ.
ކައުންސިލަރުން ތަރައްޤީއާއި އެކު ކުރިއަށް ވަޑައިގަންނަވާ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ