ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ދެ ފެކްޝަނެއް އުފެދިފައިވާއިރު ރައީސް ޔާމީންގެ ފެކްޝަނުން ރޭ ދަރުބާރުގޭގައި ބޭއްވިކަމަށްބުނާ ކައުންސިލް ބައްދަލުވުމަކީ ސައްހަ ކައުންސިލް ބައްދަލުވުމެއް ނޫން ކަމުގައި ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މިކަން އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމަށްޓަކައި މިއަދު ފޮނުއްވާފައިވާ ސިޓީއެއްގަ އެވެ.
އެ ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ކޮންމެވެސް ފަރާތަކުން ދައުވަތު ދެއްވައިގެން ކަމަށްބުނެ ރޭ ދަރުބާރުގޭގައި ބޭއްވިކަމަށްބުނާ ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއް ނޫން ކަމަށެވެ.
“މިހެން މި ދެންނެވީ ޕީޕީއެމްގެ ކައުންސިލްގެ ހިންގާ ގަވާއިދުގެ 8 ވަނަ މާއްދާ ބުނާގޮތުން ކައުންސިލްގެ ބައްދަލުވުންތަކަށް ދައުވަތު ދެއްވުމުގެ އިހުތިޔާރު އޮންނަނީ ހަމަ އެކަނި ޕާޓީގެ ރައީސަށް ކަމަށްވެފައި، ރޭ ދަރުބާރުގޭގައި އޮތް ބައްދަލުވުމަށް ދައުވަތު ދެއްވާފައިވަނީ އެހެން ފަރާތަކުން ކަމުގައި ވާތީ އެވެ. ވީމާ ރޭގެ އެ ބައްދަލުވުމުގައި ނިންމި ހުރިހާ ކަންތައް ތަކެއްވާނީ ބާތިލް ކަންތައްތަކަށެވެ” ރައީސް މައުމޫންގެ ސިޓީގައި ވެ އެވެ.
އެ ސިޓީގައި ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 57 ވަނަ މާއްދާގެ (ނ)ގައި ބުނާގޮތުން “ޕީޕީއެމްގެ މުސްތަސާރު އަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫން ކަމަށެވެ.
ދަރުބާރުގޭގައި ރޭ ބޭއްވީ ސައްހަ ބައްދަލުވުމެއް ނޫން، ނިންމީ ބާތިލު ނިންމުންތަކެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ