ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ރޯވެގެން އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިސޯޓާ ދޭތެރޭ އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ.
މި ސަފާރީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އަލިފާން ރޯވިއިރު ސަފާރީގައި އެއްވެސް މީހަކު ހުރި ކަމުގެ މައުލޫމާތެއް މިހާތަނަސް ލިބިފައިނުވެއެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތެއްވެސް މިހާތަނަށް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ