އަބްދުﷲ ރަޝީދުގެ ހަށިގަނޑު ރާއްޖެ ގެނެސް މިއަދު ޖަނާޒާ ބާއްވަނީ

ފުލުހުންގެ އިހުމާލުން މަރުވިކަމުގެ ތުހުމަތުކުރެވޭ އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމަށްފަހު މިއަދު ހަށިގަނޑު ރާއްޖެ ގެނެސް އޭނާގެ ޖަނާޒާ ބާއްވަން ތައްޔާރުވެއްޖެއެވެ. އެނގިފައިވާގޮތުގައި އަބްދުﷲގެ ހަށިގަނޑު ރާއްޖެ ގެންނާނީ މިއަދު މެންދުރުފަހުގެ ވަގުތެވެ. އެއާއެކު އޭނާގެ ޖަނާޒާ އާސަހަރާ މިސްކިތުގައި ބާއްވަން ވަނީ ނިންމައިފައެވެ. އޭނާގެ މައްޗަށް ކުރާ ކަށުނަމާދު ކުރުން އޮތީ މިއަދު މަޣްރިބު ނަމާދަށްފަހުގައެވެ. އާއިލާގެ ނުރުހުމުގައި އަބްދުﷲގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު އިންޑިއާއަށް ފޮނުވައިފައިވަނީ މިދިޔަ މަހުގެ 31ވަނަ ދުވަހެވެ. އަބްދުﷲގެ ހަށިގަނޑު ލޯންޗަކަށް އަރުވަނީ: އަބްދުﷲގެ ހަށިގަނޑު ތިނަދުއަށް ގެންދަން ފުލުހުންގެ ޓީމެއް މަޑަވެއްޔަށް ގޮސްފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި --- ފޮޓޯ/ ކިޔުންތެރިއެއް އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމުގެ ކުރިން ރޭ އޭނާގެ މޫނު ވަނީ އާއިލާއަށް ދައްކައިފައެވެ. އަބްދުﷲ މަރުވީ އޭނާ ހައްޔަރު ކުރުމަށް ފަހު ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާގެ މެންބަރުން ބުނެއެވެ. އަބްދުﷲ ރަޝީދު މަރުވީ މިދިޔަ މަހުގެ 25ވަނަ ދުވަހު ގދ. ހޯނޑެއްދުއިން ފުލުހުން އޭނާ ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. https://sun.mv/169830 އެއާއެކު އާއިލާއިން އަބްދުﷲގެ ހަށިގަނޑި ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅިއެވެ. ސިވިލް ކޯޓުން ވަނީ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވަން ޖެހޭނެ ތަނެއް ނެތް ކަމަށް ބުނެ އެ ކަން ކުރުމަށް ހުއްދަ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ