ނިލަންދޫ ތަރައްގީގެ މަސައްކަތުގައި އެހީތެރިވެދޭން ގާސިމް ނިންމަވައިފި

ފ. ނިލަންދޫ ތަރައްޤީގެ ބައެއް މަސައްކަތްތަަކަށް އެހީތެރިވެދެއްވަން ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.
ޤާސިމް މިކަން ހާމަކުރައްވާފައިވަނީ ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައެވެ.
މިބައްދަލުވުމުގައި ނިލަންދޫ ކައުންސިލް ރައީސް އަލީ އަހުމަދު އާއި ޑަބްލިއުޑީސީގެ ރައީސް ނަސީބާ އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ޤާސިމް ފ. ނިލަންދޫގެ އަންހެނުން ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތާއި ރަށުގައި ހިނގަމުންދާ އެކިއެކި ތަރައްޤީގެ މަސައްކަތްތައް އޮޅުންފިލުއްވާފައިވާ ކަމަށް ޖޭޕީން މައުލޫމާތުދެއެވެ.
މިބައްދަލުވުމުގައި ރަށުގެ ތަރައްޤީގެ ބައެއް މަސައްކަތްތަަކަށް އެހީތެރިވެދެއްވަވަން ޤާސިމް ނިންމަވާފައިވާކަމަށް ޖޭޕީން މައުލޫމާތުދެއެވެ. މިގޮތުން ރަށުގެ މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކޮށްދެއްވުމަށް އެހީތެރިވުމާއި ވޮލީކޯޓެއް ތަރައްޤީ ކޮށްދެއްވުމާއި އަދި މިނޫންވެސް މިފަދަބައެއް މަސައްކަތްތައް ހިމެނޭ ކަމަށް މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ