މިއަދުގެ މޫސުން ފެންނަނީ ހުރިހާ ހިސާބަކަށްވެސް ރަނގަޅުކޮށް

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާއްމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފާއިތުވި ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބައެއް ވަގުތުތަކުގައި ކެރީގެ އަސަރުކުރިއެވެ. ނަމަވެސް މިއަދު ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ކެރީގެ އަސަރުކުރާނެ ކަމަކަށް ނުބެލެވެއެވެ.
ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރަނީ އިރުއުތުރު/ އިރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ރާއްޖޭގެ ކަނޑުތައް މަޑުވާނެއެވެ.
ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގެ އުސްމިނެއްގައެވެ.
މޫސުމަށް ސަމާލުވުމަށް މިވަގުތު އެލާޓެއް ނެރެފައި ނެތް ނަމަވެސް، ކަނޑުދަތުރުކުރައްވާ ނަމަ ދަތުރަށް ފެށުމުގެ ކުރިން އަބަދުވެސް އެންމެ ފަހުގެ މޫސުމީ މައުލޫމާތު މެޓު އޮފީހުން އޮޅުންފިލުވުން އެދެވިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ