މާލޭގެ މަގުތަކުގައި ކުރަހާފައި ހުރި އިޖްތިމާއީ މިންގަނޑާ ހިލާފު ގްރެފިޓީތައް ފުހުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ތަފާތު ރަމްޒުތަކާއި އެކިއެކި ގުރޫޕްތަކަށް ނިސްބަތްވާ ލޯގޯތަކާއި ކުރެހުންތައް ހިމެނޭގޮތަށް މަގުތަކާއި ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުންނާ ގުޅިގެން ކަމަށެވެ.
މި މަސައްކަތަށް އާންމު ރައްޔިތުންގެ އެއްބާރުލުމަށްވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މާލޭގެ އިމާރާތްތަކުގައާއި ފާރުތަކުގައި ވަރަށް ގިނައިން އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ކުރެހުންތަކާއި، ސިޔާސީ ޕާޓީތަކުގެ ގްރެފިޓީތައްވެސް ހުރެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފާރުތަކުގައި މިފަދައިން އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ކުރެހުންތަކާއި ނިޝާންތައް ހުރުމަކީ ޖިނާއީ ކުށަށް މަގުފަހިވުމަށް ފުރުސަތު އިތުރުވެ ހާއްސަކޮށް ކުޑަކުދިންވެސް ކުށުގެ ވެއްޓަށް ވަނުމަށް މަގުފަހިވާ ކަމެކެވެ.
މިފަދަ ކުރެހުންތައް ބެހެއްޓުމަކީ އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފުވުމުގެ ގާނޫނުންވެސް މަނާކޮށްފައިވާ ކަމެއް ކަމަށްވާއިރު، މީގެކުރިންވެސް ފުލުހުން ވަނީ މި ތަކެތި ނައްތާލުމުގެ މަސައްކަތް ކޮށްފައެވެ.
މާލޭގެ މަގުތަކުގައި ކުރަހާފައި ހުރި އިޖްތިމާއީ މިންގަނޑާ ހިލާފު ގްރެފިޓީތައް ފުހެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ