މާލޭ މާފަންނު ކާނިމާގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހަވީރު 4:50 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހަވީރު 5:27 ހާއިރުއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ހަތަރުވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އޮތް ގޮދަނޑިއެއްގައެވެ. މި ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، އަލިފާން ރޯވި ކޮޓަރީގައި ހުރި ދެ ބަންކް ބެޑް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އަދި އެ ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މާލޭގެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ