މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށު ސްކޫލަށް 30،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފިއެވެ.
މަކުނުދޫ އތމކ އިން ބުނީ، މި އެހީތެރިކަމަކީ މަކުނުދޫ ކައުންސިލުން މަކުނުދޫ ސްކޫލްގައި 38 ކެބިނެޓް ހެދުމަށް ދިން ކޮންޑިޝަނަލް ގްރާންޓަށް ދިން ސަޕޯޓިން ގްރާންޓެއްކަމަށެވެ.
މަކުނުދޫ އތމކ އިން މިފަހުން ވަނީ އެރަށު ސްކޫލްގެ ބެލެނިވެރިން އިސްނެގުމާއެކު އެރަށު ސްކޫލަށް ޒަމާނީ ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކުރުމަށް، އެ ބޯޑު ހެދުމަށް ވެސް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން މި ފަހުން އެ ކޮމެޓީން ވަނީ، އެރަށު ނާރެސް ޕްރީސްކޫލްގައި ރީޑިންގް ކޯނާރއެއް ތަރައްގީކޮށްދީފައެވެ. އަދި މިތަނަކީ ތުއްތު ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ތުއްތު ކުދިންގެ ޝައުޤުވެރިކަން ފޮތަށް އިތުރުކުރުމުގެ މަޤުސަދުގައި ތަރައްގީކޮށްދިންތަނެއްކަމަށް ވެސް އެ ކޮމެޓީން ބުނެފަވެއެވެ. މި ކޯނަރ ވަނީ ޒަމާނީކޮށް، ކުދިން ޝައުގުވެރިވާނެ ގޮތަށް ފަރުމާކޮށްފައެވެ. އަދި މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މި ކޯނަރ ނިންމާ ނާރެސް ޕްރީސްކޫލާއި ހަވާލުކޮށްފައި ވަނީ ފޮތާވެސް އެކުގައެވެ.
މަކުނުދޫ އތމކ ގެ އިތުރުން އެރަށު ކައުންސިލުން ވެސް ވަނީ އެރަށު ސްކޫލަށާއި، ނާރެސް ޕްރީސްކޫލަށް މިފަހުން ބޮޑު އެހީތެރިކަން ފޯރުކޮށްދީފައެވެ. މަކުނުދޫ ކައުންސިލުން އެރަށު ސްކޫލަށް 100000ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ނާރެސް ޕްރީސްކޫލަށް 50000ރުފިޔާގެ މަލީ އެހީ ވަނީ ފޯރުކޮށްދީފައެވެ.
މަކުނުދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އަންނަނީ ރަށުގެ ތަޢުލީމަށާއި، އުމްރާނީ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ފުރިހަމައަށް ބައިވެރިވުންދެމުންކަން ފާހަގަކޮށްލެވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
މަކުނުދޫ އަންހެނުންގެ ކޮމެޓީން އެރަށު ސްކޫލަށް 30،000ރ.ގެ މާލީ އެހީ ފޯރުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ