ބ. ކެންދޫ ފަޅު ތެރޭގައި ހުރި ދޯންޏެއްގައި ރޯކޮށްލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހާއާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށައަޅައިފިއެވެ.
މިދައުވާ އުފުލާފައިވަނި ކުރިމިނަލް ކޯޓުގެ އިސްގާޒީ، އަބްދުލް ބާރީ ޔޫސުފްގެ ބޭބެ އަބްދުލް ސަލާމްގެ މައްޗަށެވެ.
މިމައްސަލައިގެ މިއަދު ބޭއްވި އަޑު އެހުމަކީ ހެކި ހުށައެޅުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން މިއަދު ދައުލަތުން ވަނީ ސަލާމް ޔޫސުފް އާއި ދެކޮޅަށް 24 ހެއްކެއް ހުށައަޅާފައެވެ. މި ހެކިންގެ ތެރޭގައި ހަ ސިއްރު ހެއްކެއްވެސް ހިމެނެއެވެ. ދިފާއުވުމަށް ސަލާމުގެ ފަރާތުން އެއްވެސް ހެއްކެއް ހުށައަޅާފައެއް ނުވެއެވެ.
ސަލާމުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ކެންދޫ މާހޯރަ ދޯނީގައި ކޮށްލުމުން އަލިފާންގަނޑު ފެތުރެމުން ގޮސް ސަރަކަ ނަމަކަށް ކިޔާ ދޯންޏަކާއި ފެހިވިނަ ނަމަކަށް ކިޔާ ލޯންޗެއްގައި ރޯވެފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނި ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
މިމައްސަލައިގެ އަޑުއެހުމެއް ދެން އޮންނަނީ، ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ.
ޓެރަރިޒަމްގެ ދައުވާ ސާބިތުކުރަން ގާޒީ ބާރީގެ ބޭބެ އާއި ދެކޮޅަށް ގިނަ ހެކިތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ