ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އަހުމަދު މުހައްމަދު އައްޔަންކޮށްފި

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް, އަހުމަދު މުހައްމަދު (ޓޫފޯ) ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ. އޭނާ އަކީ މިސަރުކާރުގެ ތިންވަނަ ޕޮލިސް ކޮމިޝަނަރެވެ. 
ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް މިއަދު އަހްމަދު މުހައްމަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވުމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.
ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އިސްމާއީލް ނަވީން މިދިޔަ ފެބްރުއަރީ މަހު ރިޓަރާ ކުރެއްވުމާ ގުޅިގެންނެވެ. ނަވީން ރިޓަޔާ ކުރެއްވީ ދިވެހި ފުލުހުންގެ ހިދުމަތުގައި 32 އަހަރު ހިދުމަތް ކުރެއްވުމަށްފަހުއެވެ.
ނަވީން، ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ވަގުތީގޮތުން ހިންގެވުން ހަވާލު ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.
​1995 ވަނަ އަހަރު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި އަހްމަދު މުހައްމަދަކީ ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.
އޭނާ ދިވެހީންގެ ފުލުހުންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާއިރު، އެ މުއްދަތުގައި އޭނާ ވަނީ ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޝަން ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ