މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ 13 ސަރަހައްދަކުން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މިފްކޯ އަދި އެފްއެސްއެމް މެދުވެރިކޮށް މި މަޝްރޫއު މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ.
މި ޚިދުމަތް މިހާރު ރާއްޖޭގެ 13 ރަށަކުން ލިބެން ހުރިއިރު، މިއީ މަސްވެރިންނަށް ދަތުރުފަތުރުގެ ޚަރަދު ކުޑަކޮށް، ފަސޭހައިން ތެޔޮ ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރެވުނު މަސައްކަތެކެވެ.
މި ލުއި އަގުގައި ތެޔޮ އެޅުމަށްޓަކައި މަސްވެރިން ތެޔޮ އަޅަން ދާއިރު، އެ އުޅަނދެއްގެ ލައިސަންސް ކޮޕީއަކާއި އެންމެ ފަހުން މަސްކިރުވި ރަސީދު ގެންދިއުން ލާޒިމުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
ސަރުކާރުން ވަނީ އުޅަނދުފަހަރުގެ ސައިޒަށް ބަލައި ތެޔޮ ދޫކުރާނެ މިންވަރު (ކޯޓާ) ވެސް ކަނޑައަޅާފައެވެ.
ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް، މަސްވެރިންނަށް އެ ބުރަ ނުޖައްސާނަން: މިނިސްޓަރު ޝިޔާމް ތެޔޮ ކުންފުނިތަކާ ޓޫރިޒަމް މިނިސްޓަރު ބައްދަލުކުރައްވައިފި އައްޑޫގައި ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ: ޕެޓްރޯލް ލީޓަރެއް 24 ރުފިޔާއަށް އެސްޓީއޯގެ ފައިދާއިން ތެލުގެ އ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ