މިޔަންމާގެ ކުރީގެ ލީޑަރު އަންގް ސަން ސޫކީ ގޭބަންދަށް ބަދަލުކޮށްފި
ދިގު މުއްދަތަކަށް ޖަލަށްލާފައި ހުރި މިޔަންމާގެ ކުރީގެ ލީޑަރު އަންގް ސަން ސޫކީ ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ. އުމުރުން 80 އަހަރުގެ, ނޮބެލް ސުލްހައިގެ އެވޯޑް ލިބިފައިވާ ސޫކީ 2021 ވަނަ އަހަރު އަސްކަރީ ބަޣާވާތެއްގައި މަގާމުން ވަކިކުރި ފަހުން ހުންނަވަނީ ވެރިރަށް ނައި ޕި ޓާއުގެ އަސްކަރީ ޖަލެއްގައެވެ. ސޫކީ މިނިވަންކޮށްފައި ވަނީ ބުޑިސްޓް ދީނީ ބަންދާ ގުޅިފައިވާ މުނާސަބަތަކާ ގުޅިގެން ގައިދީންނަށް މައާފު ދިނުމުގެ ތެރެއިންނެވެ. ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ބުނި ނަމަވެސް އޭނާގެ ދަރިފުޅު ކިމް އަރިސް ބުނީ އެކަމާ މެދު ޝައްކު އުފެދޭ ކަމަށާއި އޭނާ ދިރިހުރި ކަމުގެ ހެއްކެއް ވެސް އޭނާގެ އަތުގައި ނެތް ކަމަށެވެ. އޭނާ ބުނީ 2022 ވަނަ އަހަރު ނަގާފައިވާ ތަސްވީރަކީ "މާނައެއް ނެތް" ތަސްވީރެއް ކަމަށެވެ. މިޔަންމާގެ އިދިކޮޅު ޕާޓިގެ ލީޑަރު އަންގް ސަން ސޫކީ "އަޅުގަނޑު އުންމީދު ކުރަނީ މިއީ ތެދެއް ކަމަށް. އަދިވެސް އަޅުގަނޑަކަށް ނުފެނޭ ބަދަލުކޮށްފައިވާކަން ދައްކާނެ ހަގީގީ ހެއްކެތް." ބީބީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. "އެހެންވީމަ، އަހަންނަށް އޭނާއާ މުއާމަލާތް ކުރުމުގެ ހުއްދަ ނުދޭހާ ހިނދަކު، ނުވަތަ މީހަކަށް މިނިވަންކަމާއެކު އޭނާގެ ހާލަތާއި އޭނާ ހުރިތަން ޔަގީން ނުކުރެވޭހާ ހިނދަކު، ދެން އަހަރެން އެއްވެސް ކަމެއް ގަބޫލެއް ނުކުރާނަން." އެކަން އިއުލާން ކުރުމުގެ ކުރިން ސޫކީގެ ސިއްހަތާއި ދިރިއުޅުމުގެ ހާލަތާ ބެހޭ އެއްވެސް އެއްޗެއް އެނގިފައި ނުވާއިރު، ކިމް އަރިސް ވަނީ ޑިސެމްބަރު މަހު އޭނާގެ ޚަބަރެއް ނުވާ ކަމަށް ބުނެފައެވެ. ގޭބްންދަށް ބަަދަލުކުރިކަން ރަސްމީ އެއްވެސް ފަރާތަކުން އަންގާފައިނުވާ ކަމަށްވެސް ސޫކީގެ ގާނޫނީ ޓީމުން ބުނެފައިވެއެވެ. މީގެ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ހަތިޔާރު އެޅި ސިފައިން އޭނާ އިންތިހާބުވި ސަރުކާރު ވައްޓާލި ދުވަހު ސޫކީ ހައްޔަރުކުރި ފަހުން ފެށިގެން އަންގް އޭނާއާ ބެހޭ ގޮތުން މާގިނަ މައުލޫމާތެއް އާންމުކޮށްފައެއްނުވެއެވެ. ސޫކީގެ ވަކީލުންނަށް އޭނާ ނުފެންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާގެ އާއިލާއާ އެއްވެސް ވަރަކަށް ނުގުޅޭތާ ދެ އަހަރު ވެއްޖެއެވެ. އިއްޔެ އާންމުކޮށްފައިވާ ފޮޓޯގެ އިތުރުން ސޫކީގެ ފޮޓޯއެއް އެންމެ ފަހުން ފެނުނީ 2021 ވަނަ އަހަރު މޭ މަހު އޭނާ ކޯޓަށް ހާޒިރުކުރަނިކޮށެވެ. އޭގެ ފަހުން އޭނާގެ 33 އަހަރުގެ ހުކުމް ވަނީ އެތައް ގުނައެއް ކުޑަކޮށްފައެވެ. ކުއްލިއަކަށް ސޫކީ ފެނިގެން ދިއުމާއި ގޭބަންދަށް ބަދަލު ކުރަން ނިންމުމަކީ ހުކުމް އެއްކޮށް ބާތިލުކޮށް މިނިވަން ކޮށްފާނެ ކަމުގެ އިޝާރާތެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ދެހާސް އެކާވީސް ވަނަ އަހަރު މިޔަންމާގައި ބޭއްވި އާންމު އިންތިޚާބުގައި އިންތިޚާބު އޮޅުވާލަން ސޫކީ މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށް މިޔަންމާގެ ސިފައިން ސޫކީ ވެރިކަމުން ދުރުކުރިއެވެ. ސިފައިން މިޔަންމާގެ ވެރިކަމަށް އަތްގަދަކުރުމާއެކު މިޔަންމާގެ އަސްކަރީ ކޯޓުތަކުގައި ސޫކީގެ މައްޗަށް 19 ދައުވާއެއް އުފުލިއެވެ. އަދި މި ދައުވާތައް ސާބިތުވުމާއެކު 33 އަހަރުގެ ޖަލުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވިއެވެ. ސޫކީ 33 އަހަރަށް ޖަލަށްލާފައިވާއިރު، އޭނާގެ ޖަލު ހުކުމުން ހަ އަހަރު މައާފްކޮށްދީ ގެއަށް ބަދަލުކުރަން ނިންމާފައިވާކަަން މިޔަންމާގައި ވެރިކަންކުރާ އަސްކަރީ ޖެނެރަލުންގެ މަޖިލީހުން 2023 ވަނަ އަހަރު ވަނީ އިއުލާން ކޮށްފައެވެ. ސޫކީ ވެރިކަމަށް އައީ 2015 ވަނަ އަހަރު މިޔަންމާގެ އޭރުގެ ވެރިން ޑިމޮކްރެޓިކް އިސްލާހުތަކެއް ތައާރަފް ކުރުމުންނެވެ. އޭގެ ކުރިން ޑިމޮކްރަސީއަށް ތާއީދުކުރާ އެކްޓިވިސްޓެއްގެ ގޮތުގައި ދިގު ޒަމާންތަކެއް ވަންދެން ހޭދަކުރެއްވިއެވެ. ސޫކީ އަކީ މިޔަންމާގެ އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް އެ ގައުމުގައި ޑިމޮކްރަސީ ތައާރަފު ކުރުމަށް މަސައްކަތްކުރައްވައި އެކަން ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. ދެހާސްބާރަ ވަނައަހަރު މިޔަންމާގެ އަސްކަރީ ވެރިކަން ނިމުމަކަށް އައުމާއެކު އާންމު އިންތިޚާބެއް ބާއްވައި މިޔަންމާގައި މަދަނީ ވެރިކަމެއް ގާއިމް ކުރުމުގައި ސޫކީގެ ދައުރު ބޮޑެވެ. މިކަމަށްޓަކައި އޭނާ ޖަލުގައިވެސް އަހަރުތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ