ދިރާގުން ދޭ ފަހު ބޯޓު ހޯދުމަށް އެންރޯލް ކުރުމަށް ބާކީ އެންމެ 3 ދުވަސް!

ދިރާގުގެ "ވިން 2 ސްޕީޑްބޯޓް" ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ތިން ދުވަސް ތެރޭގައި ހަމަވާނެ ކަމަށް ދިރާގުން ބުނެފި އެވެ. ދިރާގުން ބުނި ގޮތުގައި މި 3 ދުވަހަކީ މި ޕްރޮމޯޝަނަށް އެންރޯލްކުރުމަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.މި ޕްރޮމޯޝަންގެ ދަށުން އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ 2 ސްޕޯޓްސް ސްޕީޑްބޯޓް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ވަނީ ކަނޑައަޅައިފައެވެ. މި ހިތްގައިމު ސްޕީޑްބޯޓްތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ރީތި ސްޕީޑްބޯޓެކެވެ. މި ގޮތުން، މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރި ފަރާތައް ދިރާގުން ވަނީ ސްޕީޑްބޯޓް ހަވާލުކޮށްފަ އެވެ. އަދި، ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އެނގިގެންދާނީ މި އަހަރުގެ ޖޫން މަހުގަ އެވެ.ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގައި ދިރާގުޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަރ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.މި ގޮތުން، ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށްރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތައެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.މި ޕްރޮމޯޝަނަށް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އޮތްއިރު މި ކަސްޓަމަރުންނަށް އަލުން އެންރޯލްކުރަން ނުޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.ޕްރޮމޯޝަންގައި އެންރޯލްކުރުމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ޕްރޮމޯޝަނަށް އެންރޯލް ކުރެވޭނެ އެވެ. މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ