ލާރިޖާނީ އަވަހާރަކޮށްލުމުން އީރާނުގެ ސިޔާސީ ނިޒާމަށް ލޮޅުމެއް ނާރާނެ: އަރާގްޗީ

މި ހަނގުރާމައަކީ މީގެ 19 ދުވަސް ކުރިން، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުގެ ފައުޖުތަކުން އީރާނަށް ދޭން ފެށި ވަރުގަދަ ވައިގެ ހަމަލާތަކާއެކު ފެށުނު ހަނގުރާމައެކެވެ. ހަމަލާތަކުގެ ފުރަތަމަ ދުވަހު އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާއިރު، އެމަނިކުފާނުގެ ބަދަލުގައި ވެރިކަމާ ހަވާލުވެވަޑައިގަތީ ދަރިކަލުން މުޖްތަބާ ޚާމަނާއީއެވެ.
އަލީ ލާރިޖާނީ އާއި ބަސީޖް ފައުޖުގެ ވެރިޔާ ގޮލާމްރޭޒާ ސުލައިމާނީ އަވަހާރަކޮށްލުން ބެލެވެނީ، ޚާމަނާއީ އަވަހާރަކޮށްލި ފަހުން އީރާނުގެ ލީޑަޝިޕަށް ދިން އެންމެ ވަރުގަދަ ހަމަލާގެ ގޮތުގައެވެ. ނަތަންޔާހޫ އާއި އެމެރިކާގެ ވެރިން މި ހަމަލާތައް ކުރިއަށްގެންދަނީ އީރާނުގެ ސަރުކާރުގެ އިސް ސަފު ނައްތާލުމުގެ މަގްސަދުގައި ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ