މާލޭގައި ގާއިމުކޮށްފައިވާ ޕަންޕު ސްޓޭޝަންތައް އަޕްގްރޭޑްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ޕްރޮޖެކްޓް ފޮ ޑިޒާސްޓާ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް ކޮންސްޓްރަކްޝަން ފޭސް 02' ގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި ޓެކް އިންޓަނޭޝަނަލް އިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މަކޯޓޯ ޔޮކޮށ،ީއެވެ.
މި މަހުގެ 17 ވަނަ ދުވަހު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މާލޭގައި ގާއިމްކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓްކުރުމަށް ހަރުކުރަންޖެހޭ އާލާތްތައް ޕަންމް ޕްސްޓޭޝަންތަކުގައި ހަރުކުރުން ހިމެނެއެވެ. އަދި މި މަޝްރޫއުގެ ދަށުން 16 ޕަންމްޕް ސްޓޭޝަން މޮނިޓާ ކުރުމަށްޓަކައި ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަންނެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ފެންހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގެ ވެހިކަލްއެއް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. 487 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގަކީ 247 މިލިއަން ޖަޕަނީސް ޔެންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ