އައްޑޫ ހޮސްޕިޓަލުގެ ސީއީއޯގެ މަގާމުން ޔާސިރު ވަކިކޮށް، އަދީލް އެ މަގާމަށް އައްޔަނުކޮށްފި އައްޑޫ ހޮސްޕިޓަލުގެ ސީއީއޯގެ މަގާމުން ޔާސިރު ވަކިކޮށް، އަދީލް އެ މަގާމަށް އައްޔަނުކޮށްފި

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯގެ މަގާމުން ޑރ. އިބްރާހިމް ޔާސިރު ވަކިކޮށް، އެ މަގާމަށް ޑރ. އަދީލް ނަސީރު އައްޔަނުކޮށްފި އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯއަކަށް ހަމަޖެއްސި ޑރ. އަދީލްއަކީ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ އައްޑޫ ސިޓީ މޭޔަރު ޕްރައިމަރީއަށް ކުރިމަތިލެއްވި ބޭފުޅެކެވެ.
ނަމަވެސް ޕީއެންސީގެ ލީޑާޝިޕުން އެދިގެން ޑރ. އަދީލް ވަނީ ޕްރައިމަރީއަށް 24 ގަޑިއިރަށް ވެފަައި ވަނިކޮށް ނަން އަނބުރާ ގެންގޮސްފަ އެވެ. އެކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު ވަނީ ޑރ. ޔާސިރު އެ ހޮސްޕިޓަލަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށް، ކުރިމަގައުގައި ކާމިޔާބަށް އެދިފަ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ޔާސިރު މަގާމުން ވަކިކުރުމަށްފަހު ހަމަޖެއްސީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށެވެ.
ގާތްގަނޑަކަށް 20،000 މީހުންގެ އާބާދީއަކާއެކު އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އަތޮޅެވެ. ނަމަވެސް އައްޑޫ ހޮސްޕިޓަލުން ދޭ ހިދުމަތާމެދު ގިނަ ބަޔަކު އަބަދު ވެސް ފާޑުކިޔަ އެވެ.
އެގޮތުން، ހިދުމަތް ދިނުމަށް ބޭނުންވާ ބައެއް ސާމާނު ހޮސްޕިޓަލުގައި ނެތުމާއި ޑޮކްޓަރުން މަދުވުމަކީ އެންމެ ގިނައިން ކުރާ ޝަކުވާ އެވެ. އަދި ދޭ ހިދުމަތުގެ ފެންވަރު ދަށް ކަމަށް ވެސް މީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ