ޕީއެންސީ ޑޯޓުޑޯ ކެމްޕެއިން: މާފަންނު ހުޅަނގު ދާއިރާގެ ގެތަކަށް ރައީސް މުއިއްޒު ވަޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ތާއީދު ޕީއެންސީއަށް ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ޕީއެންސީން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފައި ވަނީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ކަމަށް އެ ޕާޓީން ބުނެއެވެ.
މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި މަގުމަތިން ވެސް ގިނަ އަދަދެއްގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން، އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ބައިވެރިވެވަޑައިގެންނެވި އެވެ. ހަމައެއާއެކު މާލެ ސިޓީ ކައުންސިލަށާއި އތމ ކޮމެޓީއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިއަށް އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 41 ގޮނޑި، އިންތިހާބަކާ ނުލާ ޕީއެންސީން ކާމިޔާބުކޮށްފައި ވާ އިރު، ކައުންސިލްގެ 28 ގޮނޑިއާއެކު ޖުމްލަ 69 ގޮނޑި ވަނީ އިންތިހާބަކާ ނުލައި ޕީއެންސީއަށް ކާމިޔާބު ކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ