ކާބޯތަކެތި އިމްޕޯޓްކުރަން އެހީވުމަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްފި

ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އެތެރެކުރަން ފަސޭހަ ކުރުމާއި އަގު ހެޔޮކުރަން އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މަރުކަޒީ ބޭންކް، އެމްއެމްއޭން އިތުރުކޮށްފި އެވެ. އެމްއެމްއޭ އިން ބުނީ އިއްޔެ އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އަމަލުކުރާ މި ހާއްސަ އުސޫލުގެ ދަށުން މަރުކަޒީ ބޭންކުން ބޭންކުތަކަށް އާންމު އުސޫލުގެ ދަށުން ޑޮލަރު ވިއްކާ މިންވަރަށްވުރެ 32 އިންސައްތަ އިތުރުކުރާނެ ކަމަށެވެ.މިއީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިން ނިޒާމަށް އެހީތެރިވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެމްއެމްއޭން ފާހަގަކުރި އެވެ."މިފަދަ ފިޔަވަޅުތަކަކީ ރޯދަ މަހާ ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖްކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ހާއްސަ ސިޔާސަތެއް،" އެމްއެމްއޭން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ