އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަގުތީގޮތުން މަގާމުން ދުރުކުރުމަށެވެ.
ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން މަގާމުން ވަގުތީގޮތުން ދުރުކުރި ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރެވެ.
މި ތިން ފަނޑިޔާރުން މަގާމުން ވަގުތީގޮތުން ދުރުކުރެވުނު ދުވަހު، ރައްޔިތުންގެ މަޖިލީހުން ވަނީ ކޯޓުތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ފާސްކޮށްފައެވެ.
މި ބިލުގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށެވެ.
މީގެ އިތުރުން، ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނަށް ގެނެވުނު އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ބެންޗުގައި މަގާމުން ވަގުތީގޮތުން ދުރުކުރެވުނު ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ.
އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި މި މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމާފައިވީ ނަމަވެސް، ތިން ފަނޑިޔާރުން މަގާމުން ވަގުތީގޮތުން ދުރުކުރެވުމާ ގުޅިގެން މި މައްސަލައިގެ އިތުރު އަޑުއެހުމެއް ކުރިއަށް ނުގެންދެވޭނެއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ